ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)225-AHRI/225/2016/24
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:34
ސުންގަޑި: 25 އޮކްޓޫބަރު 2016 14:00
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އެވޯޑް 2016

އިޢުލާން

ހއ. އަތޮޅު ކައުންސިލުން އިސްނަގައިގެން، ތަފާތު ދާއިރާތަކުން ދިގު މުއްދަތަކަށް ފާހަގަކުރެވޭފަދަ ޝަރަފުވެރި ޚިދުމަތްތަކެއް ހއ. އަތޮޅަށް ކޮށްދީފައިވާ ފަރާތްތަކާއި، އެ ނޫނަސް ތަފާތު އެކިއެކި ދާއިރާތަކުން ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދުމަތްތަކެއް އަތޮޅަށް ކޮށްދީފައިވާ ފަރާތްތަކާއި، ހއ. އަތޮޅުގެ ސްކޫލްތަކުން ފަޚުރުވެރި ވަނަތައް ހޯދާފައިވާ ފަރާތްތަކާއި، އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓަކާއި، އަތޮޅުގެ އެންމެ ހިންގުންތެރި ކައުންސިލުތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެއް ފާހަގަކޮށް، އެފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހއ. އަތޮޅު ކައުންސިލުން ޚާއްޞަ އެވޯޑެއް ދިނުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން، މި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހއ. އަތޮޅުގެ އާންމު ފަރާތްތަކަށާއި، ރަށު ކައުންސިލްތަކަށާއި، ހއ. އަތޮޅުގެ ހުރިހާ ސްކޫލްތަކަށް ހުޅުވާލާފައިވާތީ، މި އެވޯޑަށް ކުރިމަތިލުމަށް ޝައުޤުވެރިވާ އާންމު ފަރާތްތަކަށާއި، ކައުންސިލްތަކުންނާއި ސްކޫލްތަކުން 2016 އޮކްޓޫބަރު 25 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ނަން ހުށަހެޅުއްވުން އެދެމެވެ. މި އެވޯޑާބެހޭ ތަފުސީލުތައް އެވޯޑާ ގުޅޭ އުސޫލުން ސާފުވާނެއެވެ. އަދި މި އެވޯޑު ދިނުމާބެހޭ އުސޫލު ރަށު ކައުންސިލްތަކުން ލިބިވަޑައިގަންނަވާނެ ވާހަކަވެސް ދެންނެވީމެވެ.

ހއ. އަތޮޅު ކައުންސިލުން ދިނުމަށް ހަމަޖެހިފައިވާ އުއްތަމަ އަރުތަވެރިންގެ އެވޯޑު 2016 ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ:

  • ޝަރަފުވެރިކަމުގެ އެވޯޑު
  • ހިތްވަރުދިނުމުގެ އެވޯޑު
  • ކައުންސިލުންދޭ ޚާއްޞަ އެވޯޑު
  • މަތީދަރަޖަ ހޯދާ ފަރާތްތަކަށް ކައުންސިލުން ދޭ ޚާއްޞަ އެވޯޑު
  • ޚާއްޞަ ޚިދުމަތުގެ އެވޯޑު
  • ހިންގުންތެރިކަމުގެ އެވޯޑު

20 ޛުލްޙިއްޖާ 1437

22 ސެޕްޓެންބަރު 2016