ދިވެހިރާއްޖެ
އިޢުލާން
މި ސްކޫލުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މަސައްކަތުގެ ތަފުސީލު |
އަދަދު |
ސްކޫލުގެ 5 ކްލާސްރޫމުގެ ބޮޑުދޮރުތަކާއި ދޮރުފަތްތައް ބަދަލުކުރުން. |
1 |
10 ވައިޓްބޯޑު ގަތުމާއި، ކްލާސްރޫމްތަކުގައި ބޯޑުތައް ހަރުކުރުން. |
2 |
17 ސީލިންގ ފަންކާ (އުޝާ) ގަތުމާއި، ކްލާސްރޫމްތަކުގައި ހަރުކުރުން. |
3 |
ޢިމާރާތްތަކުގެ ސީލިންގުން ހަލާކުވެފައިވާ ކޮޅުތައް ސީލިންގކުރުން. |
4 |
ސްކޫލުގެ ވަށާފާރުގެ ބޭރުފަރާތުގައި ކުލަލުން. |
5 |
ހޯލް ޢިމާރާތުގައިވާ ޕާޓިޝަންތައް މަރާމާތުކުރުމާއި ދަވާދުލުން. |
6 |
ވީމާ، މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި ސްކޫލުގެ ކޮމްޕިއުޓަރ ލެބަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 10 ވާ ހޯމަދުވަހުގެ 13:00 އަށް މި ސްކޫލަށް އަންދާސީހިސާބުތައް ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ކޮންމެ މަސައްކަތަކަށް ވަކި އަންދާސީހިސާބެއް ކަމުގައި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ އެއްވެސް ފަރާތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. ބީލަން ހުށަހަޅުއްވާނީ މި ސްކޫލުން ހުށަހަޅާ ނަމޫނާ އާ އެއްގޮތަށެވެ.
އަންދާސީހިސާބަށް މާކްސް ދެވޭނެ މިންގަނޑުތައް:
ދާއިރާ |
މާކްސް ދެވޭނެގޮތް |
ތަފުސީލު |
ފޯމިއުލަރ |
އަގު |
70% |
ޚިދުމަތުގެ އަގަށް ދެވޭ މާކްސް: މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. އެގޮތުން އެންމެ މަތީ މާކްސް ލިބޭނީ އެންމެ ކުޑައަގަށެވެ. |
(Benchmark Price/ Submitted Price) x Allocate Percentage |
މުއްދަތު |
% 15 |
މުއްދަތަށް ދެވޭ މާކްސް: މާކްސް ދެވޭނީ މި އިދާރާގެ ބިޑްއިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗުމާކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. އެގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަކަށެވެ. |
(Benchmark days/ Submitted number of day) x Allocate percentage |
ތަޖުރިބާ |
% 15 |
ތަޖުރިބާއަށް ދެވޭ މާކްސް: މާކްސް ދެވޭނީ މި އިދާރާގެ ބިޑްއިވެލުއޭޝަނުން ފާސްވާ ފަރާތްތަކުގެ ތެރެއިން ތަޖުރިބާގެ ގޮތުގައި ހުށަހަޅާ އެންމެ ދިގު މުއްދަތަކީ ބެންޗްމާކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ ތަޖުރިބާތަކެއްގެ މެދުގައި ބަހާލައިގެންނެވެ. އެގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ގިނަ ތަޖުރިބާއަށެވެ. |
(Benchmark Term/ Submitted Term) x Allocate percentage |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
20 ޛުލްޙިއްޖާ 1437