މަސައްކަތް
ނަންބަރު: GS137/2016/EUL70
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:34
ސުންގަޑި:
04 އޮކްޓޫބަރު 2016 11:00
ފުޅަދޫ ސްކޫލް/ ބ.ފުޅަދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މުށިޖަހައިދޭނެ ފަރާތެއް ހޯދުމަށް
އިޢުލާން
އޮފީސް ޢިމާރާތުގައި މުށިޖެހުން:
މި ސްކޫލުގެ އޮފީސް ޢިމާރާތުގައި މުށި ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
2016 އޮކްޓޫބަރު 4 ވާ އަންގާރަދުވަހުގެ 11:00 އަށް |
2016 އޮކްޓޫބަރު 13 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ބޭނުންވާނަމަ ރަސްމީ ގަޑީގައި ނަންބަރު 6600013 ފޯނަށް ގުޅުއްވުން އެދެމެވެ.
22 ސެޕްޓެންބަރު 2016