މަސައްކަތް
ނަންބަރު: (IUL)320-FNP/320/2016/58
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:58
ސުންގަޑި: 29 ސެޕްޓެންބަރު 2016 13:15
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބާ އިންޖީނުގެ ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ބާ އިންޖީނުގެ ޑިޒައިންކުރުން:

މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ބާ އިންޖީނުގެ ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ކައުންސިލުގެ އިދާރާގެ ނަންބަރު: (IUL)320-ADHR/320/2016/49 (3 ޖުލައި 2016) އިޢުލާނަށް އެންމެ ފަރާތަކުން ޕްރޮޕޯޒަލް ހުށަހަޅާފައިވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން ބޭނުންވެއްޖެއެވެ.

ވީމާ، މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިދަންނަވާ ތާރީޚަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލުގެ އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން އޮންނާނީ މި އިދާރާގައެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވަންވާނީ އެފަރާތަކަބެހޭ ފުރިހަމަ މަޢުލޫމާތު އެނގޭފަދަ ލިޔުމަކާއެކުގައެވެ. ކުންފުންޏަކުންނަމަ، އެފަރާތަކީ އެ ކުންފުނީގެ ފަރާތުން ފޮނުވާ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ. އަދި ފޯނުން މަޢުލޫމާތުދިނުމަށް ހަމަޖެހިފައިނުވާ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތުދިނުން

އަންދާސީހިސާބު ހުށަހެޅުން

2016 ސެޕްޓެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 13:15

2016 އޮކްޓޫބަރު 6 ވާ ބުރާސްފަތިދުވަހުގެ 13:15

އަންދާސީހިސާބު ހުށަހަޅާއިރު، ބަދަލުގައި މީހަކު ފޮނުވާނަމަ، އެމީހަކީ އެފަރާތުން ފޮނުވާ މީހެއްކަން އަންގައިދޭ ލިއުމެއް ހުށަހަޅަން ޖެހޭނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތަކާއި، އީމެއިލާއި ފެކްސްގެ ޛަރީއާއިން ފޮނުވާ އަންދާސީހިސާބުތައް ބަލައިނުގަންނާނެކަމާއި، މަޢުލޫމާތު ފުރިހަމަނުވާ، އަންދާސީހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ޛުލްޙިއްޖާ 1437

20 ސެޕްޓެންބަރު 2016