މަސައްކަތް
ނަންބަރު: (IUL)258/2016/91
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:46
ސުންގަޑި: 09 އޮކްޓޫބަރު 2016 13:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޒުވާނުންގެ މަރުކަޒު މަރާމާތުކުރުން

އިޢުލާން

ޒުވާނުންގެ މަރުކަޒު މަރާމާތުކުރުން:

ހަނިމާދޫ ޒުވާނުންގެ މަރުކަޒުގައި ކުރަންހުރި ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 9 ވާ އާދީއްތަދުވަހުގެ 13:00 އަށް ޒުވާނުންގެ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 12 ވާ ބުދަދުވަހުގެ 13:00 އަށް ހަނިމާދޫ ކައުންސިލުގެ އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު ނަންބަރު:18/2014 ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ނަންބަރު:19/2014 ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެކަން މި ފުރުޞަތުގައި އަންގައި އިޢުލާންކުރީމެވެ.

20 ޛުލްޙިއްޖާ 1437

22 ސެޕްޓެންބަރު 2016