މަސައްކަތް
ނަންބަރު: (IUL)258/2016/80
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:44
ސުންގަޑި: 03 އޮކްޓޫބަރު 2016 10:30
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގައި ދަތުރުހިޔާ ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ދަތުރުހިޔާ ހެދުން:

މިރަށު ބަނދަރުގައި ދަތުރުހިޔާއެއް ހަދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 3 ވާ ހޯމަދުވަހުގެ 10:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 6 ވާ ބުރާސްފަތިދުވަހުގެ 10:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތްކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު ނަންބަރު:18/2014 ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ނަންބަރު:19/2014 ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެކަން މި ފުރުޞަތުގައި އަންގައި އިޢުލާންކުރީމެވެ.

18 ޛުލްޙިއްޖާ 1437

20 ސެޕްޓެންބަރު 2016