ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
އދ. މަހިބަދޫގައި އޮންނަ ސީ އެމްބިއުލަންސަށް ކޮންޓްރެކްޓް އުސޫލުން މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.
މަޤާމު: |
ޑްރައިވަރ |
ބޭނުންވާ އަދަދު: |
1 |
މުސާރަ: |
(މަހަކު) -/5020 ރުފިޔާ |
ސަރވިސް އެލަވަންސް: |
(މަހަކު) -/2000 ރުފިޔާ |
އެހެނިހެން އެލަވަންސާއި އުޖޫރަ |
ސްޕެޝަލް ޑިއުޓީ އެލަވަންސަށް މަހަކު -/1757 ރުފިޔާގެ އިތުރުން ޔުނީފޯމު އެލަވަންސްއަށް މަހަކު -/100 ރުފިޔާ ލިބޭނެއެވެ. (މުސާރައާއި، ސަރވިސް އެލަވަންސާއި، ސްޕެޝަލް ޑިއުޓީ އެލަވަންސާއި ޔުނީފޯމް އެލަވަންސަށް މުޅިޖުމުލަ މަހަކު -/8877 ރުފިޔާ ލިބޭނެއެވެ.) މީގެ އިތުރުން ހާޑްޝިޕް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ދުވަހަކަށް -/20 ރުފިޔާއާއި، ޝިފްޓް ޑިއުޓީ އެލަވަންސްއާއި، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
އާންމުކޮށް މަސައްކަތް ކުރަންޖޭ ތަން. |
އދ. މަހިބަދޫގައި އަދި ސީ އެމްބިއުލަންސް އޮންނަ ސަރަހައްދެއްގައި |
ފެންވަރު ނުވަތަ ޝަރުތު:
|
1- ނެވިގޭޝަން ދާއިރާއިން ކޯސްޓަލް ނެވިގޭޝަން ކޯހެއް ފުރިހަމަކޮށްފައިވުމާއެކު ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ކަނޑުގައިދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކެޓަގަރީން އޭ،ބީ،ސީ ލައިސަންސް ލިބިފައިވުން. 2- ޕެޓްރޯލާއި ނުވަތަ ޑީސަލް އިންޖީނު އެޅި ހައިސްޕީޑް ލޯންޗް ދުއްވުމުގެ ލައިސަންސް ލިބިފައިވުމާއެކު، މިފަދަ އުޅަނދުފަހަރު ދުއްވުމުގެ 2 އަހަރުދުވަހުގެ ޢަމަލީ ތަޖްރިބާ ލިބިފައިވުމާއި، ގިނަ ވަގުތު ކަނޑުމަތީގެ މަސައްކަތުގައި އުޅެވޭނެ ފަދަ ޞިއްޙަތެއް ހުރި މީހަކު ކަމުގައިވުން. |
ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު |
ސީ އެމްބިއުލަންސްގެ ކެޕްޓަނެއްގެގޮތުން ބަލިމީހުންނާއި ޞިއްޙީ ފަންނުވެރިން އެއްރަށުން އަނެއްރަށަށް ރައްކާތެރިކަމާއެކު ގެންދިއުން. |
އިތުރު މަޢުލޫމާތު: |
މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވައި 2016 އޮކްޓޫބަރު 5 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ނުވަތަ އދ. އަތޮޅު ކައުންސިލްގެ އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3342967 ނުވަތަ 3313724 ނަންބަރު ފޯނާ ގުޅުއްވުންއެދެމެވެ. |
19 ޛުލްޙިއްޖާ 1437