ދިވެހިރާއްޖެ
އިޢުލާން
މިސެންޓަރުގެ ނަންބަރު (IUL)MISL004-HR/1/2016/12 އިޢުލާނާ ގުޅިގެން ޕްރޮގްރާމް އޮފިސަރ (ވަގުތީ) މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އަދަދު މަދުކަމަށް މި ސެންޓަރަށް ފެންނާތީ، އަލުން އެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ. އަދި މި މަޤާމަށް ކުރިން އެޕްލިކޭޝަން ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ފޯމު ބާޠިލުނުވާނޭ ވާހަކަ ދަންނަވަމެވެ.
ވަޒީފާގެ ފުރުޞަތު |
|
މަޤާމު |
ޕްރޮގްރާމް އޮފިސަރ (ވަގުތީ) |
މަޤާމުގެ ގިންތި |
ވަގުތީ (1 އަހަރު) (ޕަރފޯމަންސަށް ބަލައި އިތުރު 1 އަހަރަށް މުއްދަތު އިތުރު ކުރެވޭނެއެވެ.) |
ކްލެސިފިކޭޝަން |
ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
ރޭންކް |
އެމް. އެސް -2 |
ސަރވިސް |
ޓެކްނިކަލް ސަރވިސް |
ސެކްޝަން/ޑިވިޝަން |
ޑިޒާސްޓަރ ޕްރިޕެއާޑްނަސް އެންޑް ރިސްކް ރިޑަކްޝަން ސެކްޝަން، ޕޮލިސީ ޕްލޭނިންގ އެންޑް ޕްރޮގްރާމް ޔުނިޓް |
މުސާރަ |
މަހަކު -/6295 ރުފިޔާ |
ސަރވިސް އެލަވަންސް |
މަހަކު -/2000 ރުފިޔާ |
އެހެނިހެން އެލަވަންސާއި އުޖޫރަ |
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
ބޭނުންވާ އަދަދު |
1 (އެކެއް) |
ތަޢުލީމާއި ތަޖުރިބާ |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން |
2016 އޮކްޓޫބަރު 4 ވާ އަންގާރަދުވަހުގެ 13:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ، އަމީނީމަގު، (ރިހިޖެހިކޮށި) އަށް. |
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސެންޓަރުގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.) 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ގުޅޭ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ: (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް) 4- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ: (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 5- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 6- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ) 7- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
- ލިބިފައިވާ ތަޢުލީމާޢި ތަމްރީނާއި މަސައްކަތުގެ ތަޖްރިބާ - މަސައްކަތު އަޚުލާޤު - މަސައްކަތްކުރުމުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް. |
އިންޓަރވިއު ކުރުން |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނާއި އިންޓަރވިއު އޮންނާނީ 10 އޮކްޓޫބަރު 2016 އިން ފެށިގެން މި ސެންޓަރުގައެވެ. އަދި އިންޓަރވިއު އޮންނަ ތާރީޚުގެ 2 ދުވަސް ކުރިން އެމީހަކަށް އަންގާނަމެވެ. ނޯޓް: މި ވަޒީފާތަކަށް އެދިލައްވާފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ. އަދި އިންޓަރވިއު ކުރާނީ ޝޯޓްލިސްޓު ކުރެވުނު 10 ފަރާތާއެވެ. |
މަސައްކަތްކުރަންޖެހޭތަން |
މި މަޤާމުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭނީ މާލޭގައެވެ. |
އިތުރު މަޢުލޫމާތު |
މި މަޤާމަށް ހޮވާ ފަރާތް މަސައްކަތަށް ރަނގަޅުނަމަ، ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރެވޭނެއެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3333425/3333456 ނަންބަރު ފޯނާއެވެ. |
19 ޛުލްޙިއްޖާ 1437