މަސައްކަތް
ނަންބަރު: (IUL)30-G/1/2016/31
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 29 ސެޕްޓެންބަރު 2016 10:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އިމާރާތުގެ ކުރެހުން ތައްޔާރުކުރުމަށް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ފަރާތުން ހުޅުލޭގައި ޤާއިމުކުރާ އެކްއަޓިކް އެނިމަލް ކަރަންޓީން ފެސިލިޓީގެ އާރކިޓެކްޗަރަލް ކުރެހުންތަކާއި ސްޓްރަކްޗަރަލް ކުރެހުންތައް ތައްޔާރުކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް މި މިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ހ.ވައިޓްވޭވްސް، މޫންލައިޓް ހިނގުން، މެރިން ރިސަރޗް ސެންޓަރ ހުންނަ އިމާރާތް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 6 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުޅުވޭނީ ހާޒިރުވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައި ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓްގައެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ދަންނަވާފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

25 ސެޕްޓެންބަރު 2016