ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-195/IUL-2016/020
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:30
ސުންގަޑި: 06 އޮކްޓޫބަރު 2016 12:00
ނިލަންދޫ ސްކޫލް/ ގއ. ނިލަންދޫ
ދިވެހިރާއްޖެ
ކައުންސެލަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:                        ކައުންސެލަރ

ބޭނުންވާ އަދަދު:                   1

ރޭންކް:                        އެމް.އެސް 1

ކްލެސިފިކޭޝަން:                  އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 

މުސާރަ:                       މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:               މަހަކު -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް:                 ގއ. ނިލަންދޫ ސްކޫލް

ގިންތި:                         ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:         ނިލަންދޫ ސްކޫލުގެ އެކަޑެމިކް ސެކްޝަން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސްކޫލުގައި ތިބި އިތުރު / ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ޒިންމާތައް ފުރިހަމައަށް ނަގައި، ތަކުރާރުކޮށް އަޚުލާޤީ މައްސަލަ ދިމާވާ ދަރިވަރުންގެ މައްސަލަތައް ބެލުން. އެގޮތުން އެފަދަ އެހީ ބޭނުންވާ ދަރިވަރުން ފާހަގަކޮށް އެދަރިވަރުންގެ ރެކޯޑުތައް ބެލެހެއްޓުމަށް ފައިލްތައް ތައްޔާރުކޮށް ގަވާއިދުން ބަލަހައްޓަމުން ގެންދިއުން.
  • ކްލާސްތަކަށްގޮސް އިތުރު އެހީއަށް ބޭނުންވާ ދަރިވަރުންގެ މަސައްކަތްތައް ކައިރިން ބަލައި އަދި އެކަންތައްތައް ރެކޯޑުކުރުން.
  • އެފަދަ މައްސަލަތައް ހުންނަ ދަރިވަރުން އަދި އަޚުލާޤީ މައްސަލަ ހުންނަ ދަރިވަރުންގެ މަޢުލޫމާތު ޓީޗަރުންނާ ހިއްސާކޮށް، އެފަދަ ދަރިވަރުންގެ ޓީޗަރުންނާ ގާތްގުޅުމެއް ބޭއްވުން.
  • އަޚުލާޤީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކައުންސެލިންގ ބޭނުންވާ ދަރިވަރުންނަށް ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން ކައުންސެލިންގގެ އެހީ ފޯރުކޮށްދީ، އެ ދަރިވަރުންނާބެހޭ ލިޔެކިޔުންތައް ރަނގަޅަށް ބެލެހެއްޓުން.
  • ޚާއްޞަ އެހީއަށް ބޭނުންވާނެ ކުދިން ބަލަހައްޓާނެ ގޮތާއި، އެކުދިންނަށް ބޭނުންވާނެ އެހީތެރިކަމަކީ ކޮބައިކަން އަންގައިދޭނެ ފަދަ ވާރރކްޝޮޕް ސެމިނަރތައް ސްކޫލުގެ ޓީޗަރުންނަށާއި ބެލެނިވެރިންނަށް ރާވައި ހިންގައިދިނުން.
  • ސްކޫލުގެ ޞިއްޙީ ޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިވެދިނުން.
  • ސްޓާފުންނަށް ބާއްވާ ބައްދަލުވުންތަކަށް ހާޒިރުވެ އެ ބައްދަލުވުންތަކުގައި ބައިވެރިވުން.
  • ސްކޫލުގައި ހިންގާ ލައިފް ސްކިލްސް ޕްރޮގްރާމްތައް ކޯޑިނޭޓްކުރުން.
  • ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ކަންތައްތަކަށް ބޭނުންވާ ބަޖެޓް ތައްޔާރުކޮށް، ހިނގާ އަހަރުގެ ޖޫން 10 ވަނަދުވަހުގެ ކުރީން އިދާރާއަށް ހުށަހެޅުން.
  • ސްކޫލުގައި ދަރިވަރުންނަށް އުނގެނޭނެ އަދި މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ ފަދަ ރައްކާތެރި ރަނގަޅު މާޙައުލެއް ޤާއިމުކުރަން މެނޭޖްމަންޓާއެކު މަސައްކަތްކުރުން.
  • ކަންތައްތައް އަމިއްލައަށް ފެނިގެން ކުރުމުގެ ރޫޙު އިތުރުކޮށް، ޓީޗަރުންނާއި ދަރިވަރުންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން.
  • އަމިއްލަ ނަފްސު ކުރިއަރުވައި ހަރުދަނާކުރުމަށް މަސައްކަތްކުރުން.
  • ސްކޫލަށް އެންމެ ފައިދާވާނެ އަދި ސްކޫލުގެ ނަން ކުރިއަރުވަން މަސައްކަތްކުރުން.
  • ސްކޫލުގައި ހިންގޭ މުހިންމު ޕްރޮގްރާމްތަކުގައި ބައިވެރިވުން.
  • ކޮންމެ ޓާރމެއް ނިމުމުން ކުރަމުންދާ މަސައްކަތުގެ ތަފުސީލު ރިޕޯޓެއް ޕްރިންސިޕަލަށް ހުށަހެޅުން.
  • ދަރިވަރުންނާބެހޭ ބޮޑެތި ކަންތައްތައް ނިންމުމުގައި ޕްރިންސިޕަލުގެ ލަފަޔާއި މަޝްވަރާގެ މަތިން ކަންތައްތައް ނިންމުން.
  • ހަވާލުކުރެވިފައިވާ މަސައްކަތްތަކުގެ އިތުރުން ސްކޫލުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.
  • ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކުޓަށް އިޙުތިރާމް ކުރުމާއެކު، އެއާ އެއްގޮތަށް ޢަމަލުކުރުން.

މަޤާމުގެ ޝަރުޠު:                                              

  1. ކައުންސެލިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކައުންސެލިންގގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ކައުންސެލިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  3. ކައުންސެލިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއްހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  • ބަލަހައްޓަންޖެހޭ ގްރޭޑާ ގުޅޭގޮތުން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ޤާބިލުކަމާއި ފެންވަރާއި ބޭނުންވާ ސިފަތައް
  • ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރައްވަމުންގެންދަވާ ބޭފުޅުން އެމުވައްޒަފު މިހާރު ވަޒީފާ އަދާކުރައްވާ މުއައްސަސާއަކުން އެމުވައްޒަފެއްގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރި ގޮތް ބަޔާންކުރާ ފޯމު" ހުށަހަޅުއްވާ މުވައްޒަފުންނަށް، ވަޒީފާއަށް ހޮވުމުގައި ޕޮއިންޓް ދެވޭނެއެވެ.

އިންޓަރވިއު ކުރުން

ހ. އިންޓަރވިއު އޮންނާނީ 9 އޮކްޓޫބަރު 2016 އާއި 11 އޮކްޓޫބަރު 2016 އާ ދެމެދުގެ ދުވަހެއްގައި ނިލަންދޫ ސްކޫލުގެ އިދާރާގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުގެ އިދާރާއިން ނުވަތަ (މި ފޯމު ސިވިލް ސަރވިސްގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހައި އަދި އެޓެސްޓް ކޮށްފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ އަދި އެޓެސްޓް ކޮށްފައިވާ ލިޔުންތައް.

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ބ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މިމަޤާމަށް ޝަރުޠު ހަމަވާ ބޭފުޅުން މަޤާމަށް އެދޭ ސިޓީއާއި، މަތީގައި ބަޔާންކުރެވިފައިވާ ލިޔުންތަކާއެކު 2016 އޮކްޓޫބަރު 6 ވާ ބުރާސްފަތިދުވަހުގެ 12:00 ގެ ކުރިން ގއ. ނިލަންދޫ ސްކޫލުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި އީމެއިލުންނަމަ [email protected] އަށް ފޮނުއްވުން އެދެމެވެ. ފެކްސް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ނިލަންދޫ ސްކޫލުގެ ނަންބަރު 7983074 ފޯނަށް ގުޅުއްވުން އެދެމެވެ. 

22 ސެޕްޓެންބަރު 2016