ވަޒީފާގެ ފުރުޞަތު
ނަންބަރު: GS198/2016/018
ޕަބްލިޝްކުރި ތާރީޚް: 21 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:41
ސުންގަޑި: 04 އޮކްޓޫބަރު 2016 13:30
މާމެންދޫ ސްކޫލް، ގއ.މާމެންދޫ
ދިވެހިރާއްޖެ
ސަރުދާރު

ވަޒީފާގެ ފުރުޞަތު

   މަޤާމު:                   ސަރުދާރު

   ބޭނުންވާ އަދަދު:              1

   ރޭންކް:                   އެސް.އެސް. 2

   ކްލެސިފިކޭޝަން:              ސަޕޯޓް ސަރވިސް ގްރޭޑް 2  

   މުސާރަ:                   މަހަކު -/3470 ރ

   ސަރވިސް އެލަވަންސް:           މަހަކު -/1000 ރ

   ވަޒީފާ އޮތް އޮފީސް:             ގއ. މާމެންދޫ ސްކޫލު

   ގިންތި:                     ކޮންޓްރެކްޓް (3 މަސްދުވަސް)

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:      އެޑްމިނިސްޓްރޭޝަން ސެކްޝަން

   އެހެނިހެން ޢިނާޔަތްތައް:            އިތުރުގަޑީގައި މަސައްކަތް ކުރެއްވުމުން ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ސްކޫލުގެ އިމާރާތްތަކާއި، މުދަލާއި ފަރުނީޗަރު އަދި ހިފާ ގެންގުޅޭ ތަކެތި ސާފުކުރުވައި ބެލެހެއްޓުން.
  2. ސްކޫލުގެ މަސައްކަތުމީހުން ލައްވައި ސްކޫލުން އަންގާގޮތެއްގެ މަތިން މަސައްކަތް ކުރުވުން.
  3. ސްކޫލުގެ މަސައްކަތު މީހުންގެ މަސައްކަތް ސްޕަވައިޒްކުރުން.
  4. ސްކޫލުގައި ކުރަންޖެހޭ މަރާމާތުތައް ބަލައި މަސައްކަތުމީހުން ލައްވައި ކުރެވޭވަރުގެ މަރާމާތު ކުރުވުމާއި، އެނޫން މަރާމާތު ކުރެވޭނެ އިންތިޒާމު އިސްވެރިންނާ ވާހަކަދައްކައިގެން ހަމަޖެއްސުން.
  5. ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓަށް އިޙުތިރާމް ކުރުމާއެކު، އެއާ އެއްގޮތަށް ޢަމަލުކުރުން.

އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ، އާންމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާ ގޮތުގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.

ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން.

ނޯޓް: ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

  1. ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ އަދި ލިބިފައިވާ ހުނަރު.
  2. އިންޓަރވިއުއަށް ލިބޭ މާކްސް.
  3. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންގެންދަވާ ބޭފުޅުން އެމުވައްޒަފު މިހާރު ވަޒީފާ އަދާކުރައްވާ މުއައްސަސާއަކުން އެމުވައްޒަފެއްގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" ހުށަހަޅުއްވާ މުވައްޒަފުންނަށް ވަޒީފާއަށް މުވައްޒަފަކު ހޮވުމުގައި ޕޮއިންޓް ދެވޭނެއެވެ.

    ހ. މި ވަޒީފާއަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ ގއ. މާމެންދޫ ސްކޫލުގައެވެ. މިގޮތުން އިންޓަރވިއު އޮންނާނީ، 9 އޮކްޓޫބަރު 2016 އާއި 13 އޮކްޓޫބަރު 2016 އާ ދޭތެރޭގެ ދުވަހެއްގައެވެ. އަދި އިންޓަރވިއު އޮންނަ ދުވަސް ޝަރުޠު ހަމަވާ ފަރާތްތަކަށް 1 ދުވަސް ކުރިން އެންގޭނެއެވެ.

    ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު. (އެޕްލިކޭޝަން ފޯމު، މި ސްކޫލުގެ އޮފީހުން ރަސްމީގަޑިގައި ލިބެން ހުންނާނެއެވެ.) އަދި ސިވިލްސަރވިސްގެ ވެބްސައިޓް www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

ބ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ގއ. މާމެންދޫ ސްކޫލަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 އޮކްޓޫބަރު 4 ވާ އަންގާރަދުވަހުގެ މެންދުރުފަހުގެ 1:30 އެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ގއ. މާމެންދޫ ސްކޫލުގެ ނަންބަރު 7983073 ފޯނަށް ގުޅުއްވުން އެދެމެވެ.

19 ޛުލްޙިއްޖާ 1437

21 ސެޕްޓެންބަރު 2016