މަސައްކަތް
ނަންބަރު: (IUL)23-AP/23/2016/80
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 08:35
ސުންގަޑި: 06 އޮކްޓޫބަރު 2016 09:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދަމަނަވެށީގެ އިމާރާތުގެ އިންފާރުތެރޭގައި ހުރި ގަސް ކޮށައި، ފުރާޅާއި ދިޔަދޮތްވަށް އެޅޭ ފަތްތައް ނަގައި ސާފުކުރުމުގެ މަސައްކަތް އެއް އަހަރުދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

ދަމަނަވެށީގެ ޢިމާރާތުގެ އިންފާރުތެރޭގައި ހުރި ގަސް ކޮށައި، ފުރާޅާއި ދިޔަދޮތްވަށް އެޅޭ ފަތްތައް ނަގައި ސާފުކުރުމުގެ މަސައްކަތް އެއް އަހަރުދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)23-OAA/1/2016/100 (24 ޖުލައި 2016) އިޢުލާނާ ގުޅިގެން، މަޢުލޫމާތަށް އިޞްލާޙު ގެނެވިފައިވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 2 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު)ގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 6 ވާ ބުރާސްފަތި ދުވަހު ހެނދުނު 9:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 

25 ސެޕްޓެންބަރު 2016