ދިވެހިރާއްޖެ
އިޢުލާން
ކަނދުފަތި ތައްޔާރުކުރުމަށް ބޭނުންވާ ތިރީގައިވާ ތަކެތި ތައްޔާރުކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)30-C/30/2016/86 އިޢުލާނުގައި، މަޢުލޫމާތު ސާފުކުރުމަށް ހދ.ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ވަޑައިގަތުމަށް ލިޔެވިފައިވާތީ، މި އިޢުލާން ބާޠިލުކޮށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އަލުން ހުޅުވާލަމެވެ.
- މޫރިންގ ޕޮއިންޓް
- ސްވިވަލް
- އެސް.އެސް. ރިންގ
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީއަށް (7ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި އޮފީހަށް ވަޑައިގެންދެއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅުމަށް |
މަޢުލޫމާތު ސާފުކުރެއްވުމަށް |
2016 އޮކްޓޫބަރު 4 ވާ އަންގާރަ ދުވަހުގެ 10:00 އަށް |
2016 ސެޕްޓެންބަރު 30 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް |
މައުލޫމާތު ސާފުކުރެއްވުމުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢްލޫމާތު ހޯއްދެވުމަށް 3339211/3339239 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.