ތަމްރީނު
ނަންބަރު: (IUL)141-NCGC/1/2016/112
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 19:55
ސުންގަޑި: 06 އޮކްޓޫބަރު 2016 14:00
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ސްޓެޕް އެޕަރެންޓިސްޝިޕް ޕްރޮގްރާމަަށް ބައިވެރިން ހޯދުން

އިޢުލާން

ސްޓެޕް އެޕަރެންޓިސްޝިޕް ޕްރޮގްރާމަށް ބައިވެރިން ހޯދުން.

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، މިނިސްޓްރީ އޮފް ޓޫރިޒަމް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ޓޫރިޒަމް ދާއިރާއިން ކުރިއަށްދިއުމަށް ޝައުޤުވެރިވާ ޒުވާނުންނަށް ޚާއްޞަކޮށް ހިންގޭ ސްޓެޕް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ހަތަރުވަނަ ބެޗަށް ބައިވެރިން ހޯދުމަށް ކުރި ނަންބަރު: 1/2016/94/އެން.ސީ.ޖީ.ސީ-141 (10 އޮގަސްޓު 2016) އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް ފޯމު ލިބިފައިނުވާތީ، މި އިޢުލާނުގެ މުއްދަތު 6 އޮކްޓޫބަރު 2016 ގެ ނިޔަލަށް އިތުރު ކުރަމެވެ.

ޝަރުޠު: ގްރޭޑް 7 ފުރިހަމަކޮށްފައިވުމާއެކު، އިނގިރޭސިބަހުން މުޢާމަލާތުކުރަން އެނގުން.

މުއްދަތު: 1 އަހަރު

މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު 11 އޮގަސްޓު 2016 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ޓޫރިޒަމް އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކައުންޓަރާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (ބޯޅަގެ)، މާފަންނު ޔޫތު ސެންޓަރު، އަތޮޅު ކައުންސިލްތަކުގެ އިދާރާތައް، ރަށު ކައުންސިލްތަކުގެ އިދާރާތައް އަދި ޒުވާނުންގެ މަރުކަޒުތަކުން އެޕްލިކޭޝަން ފޯމު ލިބެން ހުންނާނެއެވެ. މީގެ އިތުރުން ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރުގެ ފޭސްބުކް ޕޭޖް: National Career Guidance Centre އިން ވެސް އެޕްލިކޭޝަން ފޯމު ޑައުންލޯޑް ކުރެވޭނެއެވެ. ޕްރޮގްރާމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 6 ވަނަ ދުވަހުގެ 14:00 ގެ ކުރިން ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއެކު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރ (ހެންވޭރު ބޯޅަގޭގެ 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. އަދި ރަށްރަށުން ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެން.ސީ.ޖީ.ސީ އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

ނޯޓް:

- ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރ (އެން.ސީ.ޖީ.ސީ):- އީމެއިލް: [email protected]

- އެޑިޔުކޭޝަން މިނިސްޓްރީގެ ވެބްސައިޓް: www.moe.gov.mv

- ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓް: www.tourism.gov.mv

- ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރ :- ފޯން: 3312879 / 3320937 / 3326986   ހިލޭގުޅޭ ނަންބަރު: 1456

18 ޛުލްޙިއްޖާ 1437

20 ސެޕްޓެންބަރު 2016