ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމުގެ ނަން: ޕްރޮޖެކްޓް އޮފިސަރ |
މުސާރަ: މަހަކު -/5610 ރުފިޔާ |
ސާރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ |
|
ރޭންކް: އެމް.އެސް 1 |
ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ބޭނުންވާ އަދަދު: 2 |
|
މަސައްކަތް ކުރަންޖެހޭ ތަން: ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން |
|||
ޝަރުޠު: 1- މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 2- މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ 3- މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން |
|||
މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު: 1- މިނިސްޓްރީން ހިންގަމުންގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ދަށުން އަޅާ ސްޕޯޓްސް ޕްރޮޖެކްޓްތައް ދުވަހުން ދުވަހަށް މޮނިޓަރކޮށް ޕްރޮޖެކްޓާ ގުޅުންހުރި ހުރހާ މަސައްކަތެއް ދުވަހުން ދުވަހަށް ކުރުން. 2- ބަލަހައްޓަމުންގެންދާ މަޝްރޫޢުތައް ހިންގުމަށް ސައިޓް އިންސްޕެކްޝަން ހެދުމަށްފަހު ދަތުރުރިޕޯޓާއި އިންސިޑެންޝިއަލްރިޕޯޓް ތައްޔާރުކޮށް، ބަޖެޓް ސެކްޝަން އަދި ވެރިންނާ ހިއްސާކުރުން. 3- ދަތުރު ނިމުމަށްފަހު، ދަތުރާ ގުޅިގެން ލިޔާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތައް ނިންމުން. (ދަތުރާ ގުޅިގެން ފޮނުވަންޖެހޭ ސިޓީތަކާއި އެހެނިހެން ލިޔެކިޔުންތައް ފޮނުވުން.) 4- ބަލަހައްޓަމުންގެންދާ މަޝްރޫޢުތަކުގެ ސްޓޭޓަސްރިޕޯޓް ކޮންމެ ހަފުތާއަކު ހަދައި ވެރިންނާ ހިއްސާކުރުން. 5- މިނިސްޓްރީން ހިންގާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކާއި މިނިސްޓްރީން ތަރައްޤީކުރާ ކުޅިވަރު ބިންތަކާއި ޒުވާނުންގެ މަރުކަޒުތަކާއި މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ މަޢުލޫމާތުކަރުދާސް ތައްޔާރުކޮށް ބިޑިންގ މަރުޙަލާ (މަޢުލޫމާތުކަރުދާސް ތައްޔާރުކޮށް، މަޢުލޫމާތު ދިނުން އޮންނަ ދުވަހު މަޢުލޫމާތު ދީ، ބިޑް ހުށަހަޅާ ދުވަހު ބިޑްތައް ބަލައިގަތުން) ކުރިއަށް ގެންދިއުން. 6- މިނިސްޓްރީން ރާވާފައިވާ އަދި ހިންގަމުންގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކާއި މިނިސްޓްރީން ތަރައްޤީކުރާ ކުޅިވަރު ބިންތަކާއި ޒުވާނުންގެ މަރުކަޒުތަކުުގެ މަޝްރޫޢުތަކުގެ އިންސްޕެކްޝަން ދަތުރުތައް ކުރުމަށް ދަތުރު ހަމަޖެއްސުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް (ދަތުރުޚަރަދު ހޯދުން، އެޗް.އާރް. ސެކްޝަނަށް މަޢުލޫމާތު ދިނުން، އެކޮމަޑޭޝަން ހަމަޖެއްސުން، އަދި ދަތުރާ ގުޅިގެން ފޮނުވަންޖެހޭ ސިޓީތައް ފޮނުވުން) ކުރުމަށް އެހީތެރިވެދިނުން. 7- މިނިސްޓްރީން ހިންގަމުންގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކާއި، މިނިސްޓްރީން ތަރައްޤީކުރާ ކުޅިވަރު ބިންތަކާއި ޒުވާނުންގެ މަރުކަޒުތަކުގެ މަޝްރޫޢުތައް މޮނީޓަރ ކުރުމަށް އެހީތެރިވެދިނުން. 8- މިނިސްޓްރީން ހިންގަމުންގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކާއި، މިނިސްޓްރީން ތަރައްޤީކުރާ ކުޅިވަރު ބިންތަކާއި ޒުވާނުންގެ މަރުކަޒުތަކުގެ މަޝްރޫޢުތަކުގެ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުމަށް އެހީތެރިވެދިނުން. |
|||
ނޯޓް: - މި މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި ޕްރޮޖެކްޓުގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ. - މި މަޤާމުގެ އިންޓަރވިއު އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގރޫމުގައެވެ. - މި ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މިމަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ 10 ފަރާތާއެވެ. - ވަޒީފާގެ އިންޓަރވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ. |
|||
ހުށަހަޅަންޖެހޭ ލިޔުންތައް:
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލިމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
ވެބް ސައިޓް އެޑްރެސް www.youth.gov.mv |
|||
|
18 ޛުލްޙިއްޖާ 1437