ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)459-A/1/2016/166
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 20:33
ސުންގަޑި: 25 ސެޕްޓެންބަރު 2016 09:00
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ޕީ.އޭ.ބީ.އެކްސް ސިސްޓަމް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި މިނިސްޓްރީއަށް ބޭނުންވާ ޕީ.އޭ.ބީ.އެކްސް ސިސްޓަމް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:(IUL)459-A/1/2016/115  އިޢުލާން ބާޠިލުކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 25 ވާ އާދީއްތަ ދުވަހު 9:00 އަށް މި މިނިސްޓްރީ (ގ. ބިއްލޫރިޖެހިގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 29 ވާ ބުރާސްފަތި ދުވަހު 9:00 އަށް މި މިނިސްޓްރީ (ގ.ބިއްލޫރިޖެހިގެ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

19 ޛުލްޙިއްޖާ 1437

 

20 ސެޕްޓެންބަރު 2016