ވަޒީފާގެ ފުރުޞަތު
ނަންބަރު: GS37/2016/56
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 19:28
ސުންގަޑި: 28 ސެޕްޓެންބަރު 2016 12:00
ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ރިލީފް ޓީޗަރ (އިސްލާމް)

ވަޒީފާގެ ފުރުޞަތު

މަޤާމު: ރިލީފް ޓީޗަރ (އިސްލާމް)  

ބޭނުންވާ އަދަދު: 01 (އެކެއް)

މަސައްކަތް ހަމަޖެހިފައިވާ ތަން: ފ. އަތޮޅު ތަޢުލީމީ މަރުކަޒު

ސެކްޝަން: އެކަޑަމިކް

މުއްދަތު: 02 މަސްދުވަސް

ފެންވަރު ނުވަތަ ޝަރުޠު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

- ސާނަވީ ތަޢްލީމު ފުރިހަމަކޮށްފައިވުން

-/4500 ރުފިޔާ

-/1500 ރުފިޔާ

- މަތީސާނަވީ ތަޢްލީމު ފުރިހަމަކޮށްފައިވުން

-/5500 ރުފިޔާ

-/1500 ރުފިޔާ

- ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.

-/6090 ރުފިޔާ

-/2500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ހާސިލުކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

- މީގެ އިތުރުން، މަލްޓިމީޑިއާއަށް އަހުލުވެރިވެފައިވާ މިންވަރު ބެލޭނެއެވެ.

ވަޒީފާގެ މަސްއޫލިއްޔަތު:

- ޕްރައިމަރީ ގްރޭޑްތަކަށް އިސްލާމް ކިޔަވައިދިނުމާއި، ކިޔަވައިދިނުމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

- ކިޔަވައިދޭ މާއްދާތަކާ ގުޅޭ އިމްތިޙާނުތައް ހިންގުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް، ލީޑިންގ ޓީޗަރުންގެ މަޝްވަރާގެމަތިން ކުރުން.

- ސްކޫލުގައި ހިންގާ އިތުރު ހަރަކާތްތަކުގެ ތެރެއިން ހަވާލުކުރެވޭ ހަރަކާތްތައް ހިންގުން.

- ސްކޫލުގެ ވަސީލަތްތައް އެންމެ ފައިދާހުރިގޮތުގައި ބޭނުންކޮށް، ދަރިވަރުންގެ ނަތީޖާގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.

- މުޖުތަމަޢާއި ސްކޫލާ ދެމެދު އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއްކަމަށް ހެދުމަށް މަސައްކަތްކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދޭ ފޯމު.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

- ލިބިފައިވާ ތަޢްލީމީ ސަނަދު / ފާސްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ ކާޑުގެ) ސާފު ފޮޓޯކޮޕީ.

ސުންގަޑި:

މި މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 ސެޕްޓެންބަރު 28ވާ ބުދަ ދުވަހުގެ 12.00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، ފ. އަތޮޅު ތަޢުލީމީ މަރުކަޒަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

- ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓްކުރެވޭނެއެވެ. އަދި އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

- މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 7952909 ނަންބަރު ފޯނަށެވެ.

20 ސެޕްޓެންބަރު 2016