ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)KH/1/2016/12
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 19:09
ސުންގަޑި: 22 ސެޕްޓެންބަރު 2016 13:30
ކުޑަކުދިންގެ ހިޔާ، ކ. ވިލިނގިލި
ދިވެހިރާއްޖެ
ކައުންސެލިންގ ކޯޑިނޭޓަރ

މަޤާމް :ކައުންސެލިންގ ކޯޑިނޭޓަރ
ބޭނުންވާ އަދަދު :1

އިޢުލާން

ކުޑަކުދިންގެ ހިޔާގައި ކައުންސެލިންގ ކޯޑިނޭޓަރއެއްގެ ގޮތުގައި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ވިލިނގިލީއަވަށުގައި ހިންގާ ކުޑަކުދިންގެ ހިޔާގެ ކުދިންނާއި މުވައްޒަފުންނަށް ކައުންސިލިންގ ދިނުމަށްޓަކައި ކައުންސިލިންގ ކޯޑިނޭޓަރއެއްގެ ގޮތުގައި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ކައުންސެލިންގ ކޯޑިނޭޓަރުގެ މައިގަނޑު މަސައްކަތްތަކާއި، މަސައްކަތަށް ކުރިމަތިލައްވާ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރާއި މަސައްކަތުގެ މުއްދަތާއި އުޖޫރަ މި އިޢުލާނާއެކުވާ ޓަރމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައި އެވަނީއެވެ. މި ޓަރމްސް އޮފް ރިފަރެންސް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ވެބްސައިޓް www.mlg.gov.mv އިން ވެސް ލިބެން ހުންނާނެއެވެ.

ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ޓަރމްސް އޮފް ރިފަރެންސްގައި ބަޔާންކުރާ އެންމެހައި ލިޔެކިޔުންތައް 27 ސެޕްޓެންބަރު 2016 ގެ ކުރިން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ފޮނުއްވައިދެއްވުން އެދެމެވެ.

3 ޛުލްޙިއްޖާ 1437

07 ސެޕްޓެންބަރު 2016