ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)14-PR/1/2016/53
ޕަބްލިޝްކުރި ތާރީޚް: 21 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 17:51
ސުންގަޑި: 28 ސެޕްޓެންބަރު 2016 13:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކޮމްޕިއުޓަރާއި ކޮމްޕިއުޓަރާ ގުޅޭ ސާމާނު ގަތުމަށް

އިޢުލާން

މި އޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް، މި އޮފީހަށް ކޮމްޕިއުޓަރާއި ކޮމްޕިއުޓަރާ ގުޅޭ ބައެއް ސާމާނު ގަންނަން ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2016/49 އިޢުލާނާ ގުޅިގެން ދީފައިވާ މަޢުލޫމާތަށް ބައެއް ބަދަލު އައިސްފައިވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 28 ވާ ބުދަދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 5 ވާ ބުދަދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

19 ޛުލްޙިއްޖާ 1437

21 ސެޕްޓެންބަރު 2016