ދިވެހިރާއްޖެ
އިޢުލާން
ލިޔެކިޔުމާބެހޭ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
މި ކޮމިޝަނުގެ އިދާރާއަށް ލިޔެކިޔުމާބެހޭ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު:A)AB-2016/116) އިޢުލާން ގެޒެޓް ކުރުމުގައި ދިމާވި މައްސަލައަކާ ގުޅިގެން މި ތަކެތި ފޯރުކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކަށް އެކަށީގެންވާ ވަގުތު ދެވިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، މަޢުލޫމާތު ސާފުކުރުމާއި އަދި އަންދާސީހިސާބު ހުށަހެޅުމަށް ދީފައިވާ މުއްދަތު ތިރީގައިވާ ތާވަލާ އެއްގޮތަށް ބަދަލުކޮށް އިޢުލާން ކުރަމެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
28 ސެޕްޓެންބަރު 2016 |
ބުދަ |
11:00 |
އަންދާސީހިސާބު ހުށަހެޅުން |
6 އޮކްޓޫބަރު 2016 |
ބުރާސްފަތި |
14:00 |
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ފަހުން، ހުށަހަޅާ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3004428 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.