މަސައްކަތް
ނަންބަރު: GS104-A/IUL/2016/19
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:16
ސުންގަޑި: 27 ސެޕްޓެންބަރު 2016 13:00
ޅައިމަގު ސްކޫލް/ ށ.ޅައިމަގު
ދިވެހިރާއްޖެ
ބޯފެނުގެ ނިޒާމު އިތުރަށް މަރާމާތުކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ބޯފެނުގެ ނިޒާމު މަރާމަތުކުރުމާއި ތަރައްޤީކުރުން:

މި ސްކޫލު ބަދަލުކުރާ ސަރަޙައްދުގައި އަޅާފައިވާ ކްލާސްރޫމުތަކުގައި ބޭނުންކުރާ ބޯފެނުގެ ނިޒާމު އިތުރަށް މަރާމާތުކޮށް ތަރައްޤީކުރުމަށް ބޭނުންވެއެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން.

ޅައިމަގު ސްކޫލް އޮފީސް

މަޢުލޫމާތު ސާފުކުރުން.

2016 ސެޕްޓެންބަރު 27 ވާ އަންގާރަދުވަހުގެ 13:00 ގައި

އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން.

2016 އޮކްޓޫބަރު 2 ވާ އާދީއްތަދުވަހުގެ 13:00 ގައި

މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ވިމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

17 ޛުލްޙިއްޖާ 1437

19 ސެޕްޓެންބަރު 2016