މަސައްކަތް
ނަންބަރު: GS104-A/IUL/2016/17
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:10
ސުންގަޑި: 25 ސެޕްޓެންބަރު 2016 13:00
ޅައިމަގު ސްކޫލް/ ށ.ޅައިމަގު
ދިވެހިރާއްޖެ
ކަރަންޓް ތްރީފޭހަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އާ ސްކޫލުގެ ކަރަންޓު، ތްރީފޭހަށް ބަދަލުކުރުން:

މި ސްކޫލް، އަލަށް ބަދަލުވާ ސަރަޙައްދުގައި އަޅާފައިވާ ކްލާސްތަކުގެ ކަރަންޓު، ތްރީފޭސް ކަރަންޓަށް ބަދަލުކުރުމަށް ބޭނުންވެއެވެ.

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން.

ޅައިމަގު ސްކޫލް އޮފީސް

މަޢުލޫމާތު ސާފުކުރުން.

2016 ސެޕްޓެންބަރު 25 ވާ އާދީއްތަދުވަހުގެ 13:00 ގައި

އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން.

2016 ސެޕްޓެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި

މަޢުލޫމާތު ސާފުކުރަން ހާޒިރިނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ވިމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

17 ޛުލްޙިއްޖާ 1437

18 ސެޕްޓެންބަރު 2016