މަސައްކަތް
ނަންބަރު: (IUL)241-B/241/2016/44
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:49
ސުންގަޑި: 28 ސެޕްޓެންބަރު 2016 13:00
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓުގެ ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިއުލާން

ގއ. ވިލިނގިލީ ޒުވާނުންގެ މަރުކަޒުގެ ބަށިކޯޓުގެ ފެންސް ޖެހުމާބެހޭ

މި އިދާރާގެ ބެލުމުގެ ދަށުގައިވާ ގއ. ވިލިނގިލީ ޒުވާނުންގެ މަރުކަޒުގެ ގޯތިތެރޭގައިވާ ބަށިކޯޓުގައި ފެންސް ޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 28 ވާ ބުދަދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 5 ވާ ބުދަދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅަންވާނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި އިކްނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުންނެވެ. މި މަސައްކަތަށް ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މާކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މި ދަންނަވަނީއެވެ.

  • މަސައްކަތުގެ ޖުމްލަ އަގަށް ދެވޭ މާކްސް %60
  • ހުށަހަޅާ މުއްދަތަށް ދެވޭ މާކްސް     % 15
  • ލިބިފައިވާ ތަޖުރިބާއަށް ދެވޭ މާކްސް   % 15
  • މާލީ ތަނަވަސްކަމަށް            % 10

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

17 ޛުލްޙިއްޖާ 1437

19 ސެޕްޓެންބަރު 2016