މަސައްކަތް
ނަންބަރު: (IUL)240-CA/240/2016/87
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:43
ސުންގަޑި: 25 ސެޕްޓެންބަރު 2016 11:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުގޭގައި ކުރުމަށް ބޭނުންވާ ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަތޮޅުގޭގައި ކުރުމަށް ބޭނުންވާ މަރާމާތުތަކާ ގުޅޭ:

އަތޮޅުގެއާއި ކާގެއާއި ބަދިގޭގެ ބައެއް މަރާމާތުކޮށް، މި ކައުންސިލުން ދޭ ކުރެހުމާ އެއްގޮތްވާގޮތުގެ މަތިން އަތޮޅުގޭގެ ގޯތިތެރޭގައި ގާ އެތުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު (IUL)240-CA/240/2016/85 (29 އޮގަސްޓްު 2016) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ދެވިފައިވާ މުއްދަތުގައި ބަންދު ދުވަސްތަކެއް ދިމާވުމުން އިޢުލާނުގެ މުއްދަތު އިތުރުކުރެވިފައިވާތީ، އެ ވާހަކަ ދެންނެވީމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 25 ވަނަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 2 ވަނަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި އިދާރާއަށް ވަޑައިގެންދެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

16 ޛުލްޙިއްޖާ 1437

18 ސެޕްޓެންބަރު 2016