މަސައްކަތް
ނަންބަރު: (IUL)403-A/403/2016/111
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:05
ސުންގަޑި: 21 ސެޕްޓެންބަރު 2016 11:00
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަށައި ފާރުގައި ކުލަލުމާގުޅޭ

އިޢުލާން

ކައުންސިލް އިދާރާ އަދި ވަށައި ފާރުގައި ކުލަލުމާގުޅޭ:        

ކައުންސިލް އިދާރާއާއި ކައުންސިލް އިދާރާގެ ވަށައި ފާރުގައި ކުލަ ލުމަށް ބޭނުންވެއްޖެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

* މަޢުލޫމާތު ސާފުކުރުން: 2016 ސެޕްޓެންބަރު 21 ވާ ބުދަދުވަހުގެ 11:00 އަށް

* އަންދާސީހިސާބު ހުށަހެޅުން: 2016 ސެޕްޓެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 12:00 އަށް

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތަކުން ނަމަ، ރަޖިސްޓަރީގެ ކޮޕީއެއް ގެންނަންވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

18 ޛުލްޙިއްޖާ 1437

18 ސެޕްޓެންބަރު 2016