ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު:
ހއ. އަތޮޅު މަދަރުސާއަށް ބޭނުންވާ ތިރީގައި މި ދަންނަވާ ތަކެތި ގަންނަން ބޭނުންވެގެން 2016 އޮގަސްޓު 23 ގައި ކުރި، ނަންބަރު: GS19-C/IUL/2016/37 އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުތައް ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް، 2 ވަނަ ފަހަރަށް އިޢުލާންކުރަމެވެ.
ވީމާ، މި ތަކެތި ހޯދައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މި ކަމަށް ކުރިމަތިލެވޭނީ، ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި / ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ނަމުގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.
އަންދާސީހިސާބު ހުށަހެޅޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާއިރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި، ވިޔަފާރި / ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ ގެންނެވުމަށްވެސް ދެންނެވީމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ފޮނުއްވުން އެދެމެވެ.
700 ޕްލާސްޓިކް ގޮނޑި (އަތްގަނޑު ނުލާ)
30 ގޮނޑި ކުޝަންޖެހި ސްޓޭޖްގައި ބޭނުންކުރުމަށް (އަތްގަނޑު ލީ)
1 ޕޯޑިއަމް
1 ސައުންޑް ސިސްޓަމް
ތަފުސީލު |
ތާރީޚު |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން |
27 ސެޕްޓެންބަރު 2016 (އަންގާރަ) |
13:00 |
މަދަރުސާގެ އޮފީސް |
އަންދާސީހިސާބު ހުށަހެޅުން |
06 އޮކްޓޫބަރު 2016 (ބުރާސްފަތި) |
13:00 |
މަދަރުސާގެ އޮފީސް |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ، ރަސްމީގަޑީގައި 6500048 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ
17 ޛުލްޙިއްޖާ 1437