ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)311/311/2016/66
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:51
ސުންގަޑި: 25 ސެޕްޓެންބަރު 2016 12:00
މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މެޝިނަރީ ހޯދުމަށް

އިޢުލާން

ބައެއް މެޝިނަރީ ހޯދައިދޭނެ ފަރާތެއް ބޭނުންވެއްޖެ:

ތިރީގައި މިދަންނަވާ ތަކެތި ހޯދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)311/311/2016/64 (1 ސެޕްޓެންބަރު 2016) ގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ތިރީގައިވާ ތަކެތި ހޯދައިދޭނެ ފަރާތެއް ބޭނުންވެއެވެ.

  • 1 ފިންގަރޕްރިންޓް މެޝިން
  • 1 ޓީވީ "42
  • 2 އެއަރކޯން
  • 1 ވަޅުދިޔަހިއްކާ ޕަންޕް
  • 1 ކުލަ ޕްރިންޓަރ

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަސައްކަތާގުޅޭ މަޢުލޫމާތުދިނުން އޮންނާނީ 2016 ސެޕްޓެންބަރު 25 ވާ އާދީއްތަދުވަހުގެ 12:00 ގައި މި އިދާރާގައެވެ. އަދި އަންދާސީހިސާބުތައް ކެނޑުން އޮންނާނީ 2016 ސެޕްޓެންބަރު 28 ވާ ބުދަދުވަހުގެ 12:00 ގައި މި އިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި 6580072 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

18 ޛުލްޙިއްޖާ 1437

19 ސެޕްޓެންބަރު 2016