ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 182-MTG/2016/ 15
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:46
ސުންގަޑި: 29 ސެޕްޓެންބަރު 2016 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރާއްޖެއަށް އިމްޕޯޓްކުރުމުގެ ކުރިން ހުއްދަ ނަގަންޖެހޭ ކަމަށް ކަނޑައަޅާފައިވާ އެޕްރޫވްޑް ޑްރަގް ލިސްޓާ ގުޅޭ

އިޢުލާން

ރާއްޖެއަށް ބޭސް އިމްޕޯޓް ކުރުމުގެ ކުރިން ހުއްދަ ނަގަންޖެހޭ ކަމަށް ކަނޑައަޅާފައިވާ " އެޕްރޫވްޑް ޑްރަގް ލިސްޓް" ގައި ހިމަނައި އާންމުކޮށްފައިވާ ބޭހުގެ ހުއްދައަށް އެދޭ ފޯމާއެކު ހުށަހަޅަން ޖެހޭ މަޢުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން ހުއްދައަށް އެދޭ ފަރާތަށާއި މި އޮތޯރިޓީއަށް ދަތިތަކެއް ކުރިމަތިވެއެވެ. މިކަމުގެ ސަބަބުން ހުއްދަ ދޫކުރުމަށް ގިނަ ވަގުތު ހޭދަވެއެވެ. އެހެންކަމުން ހުއްދައަށް އެދި ހުށަހަޅުއްވާ ފޯމާއެކު ތިރީގައިވާ މަޢުލޫމާތު ހިމެނޭ ލިޔެކިޔުން ހުށަހެޅުމަށް ދެންނެވީމެވެ.

1. "ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކުރުމުގެ ހުއްދަ"

2. ބޭހުގެ ލޭބަލްގެ ފޮޓޯ (ކޮމްޕޮޒިޝަން، ބޭހުގެ ބާރުމިން، ބޭސް އުފެއްދި ކުންފުންޏާއި ޤައުމު އެނގޭގޮތަށް)

3. ބޭސް އުފައްދާ ކުންފުންޏަކީ މީގެކުރިން މި އޮތޯރިޓީގައި ރަޖިސްޓަރީވެފައި ނެތް އާ ކުންފުންޏެއްނަމަ، ކުންފުނީގެ ޕްރޮފައިލާއި ގުޑް މެނިފެކްޗަރިންގ ޕްރެންޓިސް ސެޓުފިކެޓުގެ ކޮޕީ.

ވީމާ، މަޢުލޫމާތާއި ލިޔެކިޔުން ފުރިހަމަނުވާ "ޕްރީއޮތޮރައިޒޭޝަން"، މި އިޢުލާން ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 30 ދުވަސް ފަހުން ޕްރޮސެސް ނުކުރެވޭނެކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3014316 އިން ލިބިވަޑައިގަންނަވާނެއެވެ.

19 ސެޕްޓެންބަރު 2016