ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HH/PSM/2016/196
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:06
ސުންގަޑި: 03 އޮކްޓޫބަރު 2016 15:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ

ވަޒީފާގެ ފުރުޞަތު

މަޤާމު: އެސިސްޓެންޓް މެނޭޖަރ

މުސާރަ އާއި އެލަވަންސް

މަހަކު -/11300 ރުފިޔާ

މަޤާމުގެ ރޭންކް

AS 1

ބޭނުންވާ އަދަދު

01

މަޤާމުގެ ބާވަތް

1 (އެކެއް) އަހަރުދުވަހުގެ ކޮންޓްރެކްޓް

މަސައްކަތް ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ޕްރޮކިއުމަންޓް

މަޤާމުގެ ޝަރުޠު:

ގުޅޭ ދާއިރާއަކުން އަންޑަރގްރެޖުއޭޓް ޑިގްރީއެއް އޮތުމާއެކު، ދާއިރާގެ މަޤާމެއްގައި 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕްލޮމާއެއް އޮތުމާއެކު، ދާއިރާގެ 6 (ހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ ދާއިރާގެ 14 (ސާދަ) އަހަރުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކުންފުންޏަށް ބޭނުންވާ މުދަލާއި ޚިދުމަތް ހޯދައި ލިބިގަތުމާއި އެންމެހައި މަސައްކަތް ކުންފުނީގެ ޑިރެކްޓަރރުންގެ ބޯޑުން ކަނޑައަޅުއްވާފައިވާ ސިޔާސަތާ އެއްގޮތަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެއްސެން
  2. ޕްރޮކިއުމަންޓަށް އެކިއެކި ކަންކަމުގައި ހުށަހަޅަންޖެހޭ ފޯމުތައް ތައްޔާރުކޮށް، ޑިޕާޓްމަންޓްތަކަށް ލިބިދިނުމާއި، ގެންނަންޖެހޭ އުނިއިތުރު ގެންނަމުން ދިއުން.
  3. ކުންފުންޏަށް ގަންނަންޖެހޭ ތަކެއްޗާއި ހޯދަންޖެހޭ ޚިދުމަތްތަކާ ގުޅޭގޮތުން ހުށަހަޅާ ރިކްއެސްޓްތައް ބަލައިގަތުމާއި، އޭގެ ރެކޯޑުތައް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން.
  4. އެކި ޑިޕާޓްމަންޓްތަކުން ހުށަހަޅާ ރިކްއެސްޓް ފޯމުތައް ޗެކްކުރުމާއި، ކަނޑައެޅިފައިވާ އުސޫލުން ރިކްއެސްޓްތަކުގެ މަސައްކަތް ކުރިއަށް ގެންދެވޭނެގޮތް ދުވަހުން ދުވަހަށް ހަމަޖެއްސުން.
  5. ކުންފުންޏަށް ގަންނަންޖެހޭ ތަކެއްޗާއ ހޯދަންޖެހޭ ޚިދުމަތްތައް ހޯދުމުގެ ސްޕީޑް އަވަސް ކުރުމަށް ކުރެވެންހުރި ކަންކަން ހަމަޖެއްސުން.
  6. ކުންފުންޏަށް ގަންނަންޖެހޭ ތަކެއްޗާއި، ހޯދާ ޚިދުމަތްތަކުގެ ކަންކަން ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުން.
  7. ކުންފުންޏަށް ގަންނަ މުދާ ބަލައިގަތުމާއި، ކަމާބެހޭ ޑިޕާޓްމަންޓްތަކާ ހަވާލުކުރުމުގެ އިންތިޒާމު ހަމަޖެއްސުން.
  8. ގަންނަންޖެހޭ ތަކެތި ގަތުމާއި، ހޯދަންޖެހޭ ޚިދުމަތްތަކުގެ ތެރެއިން ބީލަމުގެ އުސޫލުން އިޢުލާން ކޮށްގެން ކުރަންޖެހޭ ކަންކަން ކުރުމަށް އިޢުލާންކުރުމާއި، އެކަންކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދޭންޖެހޭ މަޢުލޫމާތު ދެވޭނެ އިންތިޒާމުތައް ކުރުމާއި، އަދި އަންދާސީހިސާބުތައް، ގަވާއިދުން ބަލައިގަނެ، އަންދާސީހިސާބު ބަލާ ކޮމެޓީއަށް ވީ އެންމެ އަވަހަކަށް ހުށަހެޅުން؛
  9. ބީލަމުގެ އުސޫލުން ގަންނަ މުދަލާއި ޚިދުމަތްތަކާ ބެހޭގޮތުން އަންދާސީހިސާބު ބަލާ ކޮމެޓީއަށް ބޭނުންވާ މަޢުލޫމާތު ލިބިދިނުމާއި، އެކަންކަމުގައި އެކޮމެޓީއަށް ބޭނުންވާ އެހީތެރިކަން ލިބިދިނުން؛
  10. އަންދާސީހިސާބު ބަލާ ކޮމެޓީން ނިންމާ ނިންމުންތައް ކަނޑައެޅިފައިވާ އުސޫލުން ވީ އެންމެ އަވަހަކަށް ތަންފީޒު ކުރަމުން ގެންދެވޭނެ އިންތިޒާމުތައް ހަމަޖައްސުން.
  11. އަންދާސީހިސާބު ބަލާ ކޮމެޓީން ނިންމާ ނިންމުންތައް ތަންފީޒުކުރުމުގެ ކުރިން އެކަމުގެ މަޢުލޫމާތު ޑައިރެކްޓަރަށް ދިނުން.
  12. ޕްރޮކިއުމަންޓާ ގުޅޭ މަސައްކަތެއްގައި މައްސަލައެއް ދިމާވެއްޖެނަމަ، ނުވަތަ މައްސަލައެއް ފާހަގަ ކުރެވިއްޖެނަމަ، ޑިރެކްޓަރަށް އެކަމުގެ މަޢުލޫމާތު ދިނުން؛
  13. ޕްރޮކިއުމަންޓް ޑިޕާޓްމަންޓް މެދުވެރިވެގެން ކުރާ މަސައްކަތްތައް ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކުރިޔަށް ގެންދިއުމަށާއި ސްޕީޑް އަވަސްކުރުން.
  14. ޕްރޮކިއުމަންޓާބެހޭ ލިޔެކިޔުންތައް ރައްކާތެރި އަދި ހަރުދަނާ ގޮތެއްގައި ބަލަހައްޓައި ދެމެހެއްޓުން.
  15. މުވައްޒަފުންގެ މަސައްކަތްތަކުގެ ޓާގެޓްތައް ކަނޑައަޅާއި، މުވައްޒަފުގެ ޕާރފޯމަންސް މޮނިޓަރކުރުމާއި ޤާބިލުކަން އިތުރުކުރުން؛

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މި ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލާފައިވާ ސެޓުފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕާސްޕޯޓްސައިޒުގެ ފޮޓޯއެއް

މަތީގައިވާ މަޤާމަށް އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

ސުންގަޑި

 

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 3 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

17 ޛުލްޙިއްޖާ 1437

19 ސެޕްޓެންބަރު 2016