މަސައްކަތް
ނަންބަރު: (IUL)310-MS/310/2016/49
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި:
06 އޮކްޓޫބަރު 2016 14:00
މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުނިގޮނޑު ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
އިޢުލާން
ކޮންޓްރެކްޓް އުސޫލުން ކުނިގޮނޑު ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
މިރަށުގެ ކުނިގޮނޑު ބެލެހެއްޓުމަށް ކޮންޓްރެކްޓް ކުރެވިފައިވާ މުއްދަތު ހަމަވެފައިވާތީ، ކޮންޓްރެކްޓް އުސޫލުން ކުނިގޮނޑު ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- މި މަޤާމުގެ މުސާރައަކީ މަހަކު -/4200 (ހަތަރުހާސް ދުއިސައްތަ) ރުފިޔާއެވެ.
- މި މަޤާމުގެ މުއްދަތަކީ 12 މަސްދުވަހެވެ.
- މި މަޤާމަކީ ކްންޓްރެކްޓް އުސޫލުން ހަމަޖެހިފައި އޮންނަ (ވަގުތީ) މަޤާމެކެވެ.
- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠަކީ ލިޔަން ކިޔަން ދަތުމާއި، ގިނަ ވަގުތު ބުރަ މަސައްކަތުގައި އުޅެވޭނެ ޞިއްޙަތެއް ލިބިފައިވުމެވެ.
- މި މަޤާމުގައި ކުރަންޖެހޭ މަސައްކަތަކީ މި އިދާރާއިން ހަމަޖައްސާ ދުވަސްތަކުގައި ކުނިގޮނޑަށް ކުނި އުކާލާ ފަރާތްތަކަށް މަގުދައްކައިދިނުމާއި، އަންދާ ޒާތުގެ ކުނި އެންދުމެވެ. ކުނީގެ ބާވަތްތައް ވަކިކޮށް، ގޮނޑުގެ ވަކި ސަރަޙައްދުތަކުގައި ބެހެއްޓުމުގެ އިންތިޒާމެވެ. އަދި ކުނިގޮނޑުގަޔާއި، ކުނިގޮނޑުގެ ވަށައިގެންވާ މަގުތަކަށް ކުނި އެޅިޔަނުދީ މަގުތައް ސާފުކޮށް ބެލެހެއްޓުމާއި، ކުނިގޮނޑު ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ އެހެނިހެން ކަންތައްތައް ކުރުމެވެ.
މިމަޤާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން 2016 އޮކްޓޫބަރު 6 ވާ ބުރާސްފަތިދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ސިޓީއަކުން މި އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. ހުށަހަޅާ ސިޓީއާއެކު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
16 ޛުލްޙިއްޖާ 1437
18 ސެޕްޓެންބަރު 2016