މަޤާމު: މެނޭޖަރ – އެގްޒެކްޓިވް ބިއުރޯ
|
މުސާރަ އާއި އެލަވަންސް:
|
މަހަކު -/17500 ރުފިޔާ
|
މަޤާމުގެ ރޭންކް
|
EX 4
|
ބޭނުންވާ ޢަދަދު
|
01
|
މަޤާމުގެ ބާވަތް
|
01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް
|
މަސައްކަތް ކުރަންޖެހޭތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
އެގްޒެކްޓިވް ބިއުރޯ
|
މަޤާމުގެ ޝަރުޠު:
|
އަންޑަރގްރޭޖްއޭޓް ޑިގްރީއެއް އޮތުމާއެކު މަޤާމާ ގުޅޭ ދާއިރާއިން 3(ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ ދާއިރާގެ ސެކްޝަންގެ އިސް މަޤާމެއްގައި 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- އެގްޒެކެޓިވް ބިއުރޯގެ އިދާރީ މަސައްކަތްތައް ރާވައި، ހިންގުން އިންތިޒާމްކޮށް، ބެހެއްޓުން.
- ކުންފުނީގެ ޓޮޕްމެނޭޖްމަންޓް ކުންފުނީގެ ވެރިންނަށް އަންގަވާ އެންގެވުންތަކާއި ދެއްވާ އިރުޝާދުތަކުގެ ލިޔުންތައް ނެރުމާއި ރައްދުކުރުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- މެނޭޖިންގ ޑިރެކްޓަރ އެކި ފަރާތްތަކަށް ޖަވާބުދާރީވުމަށް ބޭނުންވާ ދިރާސާތައް ކޮށް، މަޢުލޫމާތުތައް ތައްޔާރުކުރުމަށް އެހީތެރިކަން ލިބިދިނުން.
- މެނޭޖިންގ ޑިރެކްޓަރ ތަންފީޒުކުރާ ސިޔާސަތުތަކާއި ގަވާއިދުތަކާއި ގައިޑްލައިންތަކުގެ ކަންކަން ކުރިޔަށް ގެންދެވުމަށާއި ދިފާޢުކުރުމަށް ބޭނުންވާ އިދާރީ އެހީތެރިކަން ލިބިދނުން.
- ކުންފުނީގެ ޑިޕާޓްމަންތަކުގެ ވެރިންގެ ބައްދަލުވުންތަކާއި އެ ނޫންވެސް ޓޮޕް މެނޭޖްމަންޓް އިން ބާއްވަން ބޭނުންވާ ބައްދަލުވުންތައް އިންތިޒާމުކުރުމާއި އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުމާއި ކަމާބެހޭ ރިކޯޑުތައް މޮނިޓަރ ކުރުން.
- ޓޮޕްމެނޭޖްމަންޓުގެ މީޓިންގތަކާއި އެޕޮއިންޓްމަންޓަކުގެ ތާރީޚުތަކާއި ގަޑިތަކާއި ތަންތަން ކަނޑައަޅައި، އެ މީޓިންގތައް އިންތިޒާމުކުރުމާއި އެކަމާބެހޭ ލިޔެކިޔުންތައް ބެލެހެއްޓޭނެ އިންތިޒާމެއް ކަނޑައެޅުން.
- ޓޮޕް މެނޭޖްމަންޓް ބައިވެރިވާ އެކިކަހަލަ މީޓިންގތަކަށް ބޭނުންވާ ކަމާގުޅޭ މަޢުލޫމާތު އެއްކޮށްދީ، ލިޔެކިޔުންތައް ތައްޔާރުކޮށްދިނުމަށް ބޭނުންވާ އެހީތެރިކަން ލިބިދިނުން.
- ޓޮޕްމެނޭޖްމަންޓުން ޑިޕާޓްމަންޓްތަކާއި ވެރިންނާއި މުވައްޒަފުންނާ ޙަވާލުކުރާ ކަންކަން (ޓާސްކްތައް) ހިނގަމުންދާ ގޮތުގެ އަޕްޑޭޓްތައް ހޯދައި މޮނިޓަރކޮށް އެ މަޢުލޫމާތު މެނޭޖިންގ ޑިރެކްޓަރަށް ހުށަހަޅަމުން ގެންދިއުން.
- ކުންފުނީގެ މެނޭޖްމަންޓުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅަންޖެހޭ ކަންކަން ހުށަހެޅުމުގައި މެނޭޖިންގ ޑިރެކްޓަރަށް ބޭނުންވާ އިދާރީ އެހީތެރިކަން ލިބިދިނުން.
- ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އެދޭ ލިޔުންތަކާއި މަޢުލޫމާތު، އެ ބޯޑަށް ފޮނުވުއްވުމުގައި ޓޮޕް މެނޭޖްމަންޓަށް އެހީތެރިވެދިނުމާއި އަދި ޑިރެކްޓަރުންގެ ބޯޑުން އެދިވަޑައިގެން މެނޭޖްމަންޓުން ޑިރެކްޓަރުންގެ ބޯޑަށް ކޮށްދޭން ކަންކަމުގެ އިދާރީ އިންތިޒާމްތައް ހަމަޖައްސެމުގެ ކަންކަން ކޯޑިނޭޓްކުރުން.
- ކުންފުނިން ހުށަހެޅޭ ސިޓީތަކާއި އެހެނިހެން ލިޔުންތަކުގެ ތެރެއިން، މެނޭޖިންގ ޑިރެކްޓަރު ގޮތެއް ނިންމަންޖެހޭ ނުވަތަ މެނޭޖިންގ ޑިރެކްޓަރ ވަކި ޑައިރެކްޝަނެއް ދައްކަންޖެހޭ ލިޔުންތައް މެނޭޖިންގ ޑިރެކްޓަރަށް ހުށަހެޅުމާއި މެނޭޖިންގ ޑިރެކްޓަރ އަންގާ ގޮތަކަށް އެކަމެއްގައި ޢަމަލުކުރުން؛
- ޑިރެޓަރުންގެ ބޯޑުން މެނޭޖްމަންޓަށް ފޮނުއްވާ ޑޮކިއުމެންޓްތަކާ ހަވާލުވުމާއި ބެލެހެއްޓުމާއި އެއަށް މެނޭޖިންގ ޑިރެކްޓަރ އަންގާގޮތަކަށް ޢަމަލުކުރުން.
- ކުންފުނީގެ އެންމެ އިސް ސިއްރުތައް ހިފެހެއްޓުމަށް މަތީ ފެންވަރެއްގައި މަސައްކަތްކުރުން؛
- މެނޭޖިންގ ޑިރެކްޓަރ އަންގާ، މެނޭޖިންގ ޑިރެކްޓަރ/ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންގެ ސެކްރެޓްރީންގެ މަސްއޫލިއްޔަތާ ގުޅުންހުރި އެހެން މަސައްކަތްތައް މޮނީޓަރ ކޮށް ބެހެލެއްޓުން.
- މީގެ އިތުރުން ވަޒީފާގެ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރެވޭ މަސައްކަތް ކުރުން.
- މީގެ އިތުރުން ޑިޕާޓްމަންޓް ހިންގަވަން ހުންނަ ވެރިއަކު ނުވަތަ އޮފީސް ހިންގުމާ ޙަވާލުވެ ހުންނެވި ވެރިއަކު ޙަވާލުކުރައްވާ އޮފީހުގެ މަސައްކަތްތައްކުރުން.
|
ވަޒީފާ އަށް އެންމެ ޤާބިލު ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
- މީގެ އިތުރުން، މަސައްކަތާ ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާ ވިސްނުންތައް ހުރި މިންވަރު ބެލެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާ ފަދަ ދާއިރާގެ ސެޓުފިކެޓު އަދި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
- ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓް ކޮށްފައިވާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
- ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- އައިޑީ ކާޑުގެ ފޮޓޯކޮޕީ
- ޕާސްޕޯޓް ސައިޒު ފޮޓޯއެއް
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
|
އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 29 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.
|