ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-181/IUL/2016/41
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:37
ސުންގަޑި: 22 ސެޕްޓެންބަރު 2016 14:00
އޮމަދޫ މަދަރުސާ/ ތ.އޮމަދޫ
ދިވެހިރާއްޖެ
ރިލީފު ޓީޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު: ރިލީފު ޓީޗަރ

ބޭނުންވާ އަދަދު: 1

މަޤާމުގެ ނަންބަރު: 

މަޤާމުގެ ގިންތި: ވަގުތީ

ސަރވިސް:ޕްރޮފެޝަނަލް އޭ

 

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:  އޮމަދޫ ސްކޫލް / ތ.އޮމަދޫ

   މުސާރަ: ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވާނަމަ:                   މަހަކު -/4500 ރުފިޔާ

    ސަރވިސް އެލަވަންސް:                                  މަހަކު -/1500 ރުފިޔާ

    މުސާރަ: މަތީސާނަވީ ތަޢުލީމު ފުރިހަމަ ކޮށްފައިވާނަމަ:                 މަހަކު -/5500 ރުފިޔާ

    ސަރވިސް އެލަވަންސް:                                  މަހަކު -/1500 ރުފިޔާ

    މުސާރަ: ކިޔަވައިދިނުމުގެ ރޮނގުން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ:   މަހަކު -/6090 ރުފިޔާ

    ސަރވިސް އެލަވަންސް:                                  މަހަކު -/2500 ރުފިޔާ

    އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު

ސާނަވީ ތަޢުލީމު ހާސިލުކޮށްފައިވުން. ނުވަތަ މަތީ ސާނަވީ ތަޢުލީމު ހާސިލުކޮށްފައިވުން. ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ދަށްވެގެން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ދިވެހިރާއްޖޭގެ ޤައުމީ މުޤައްރަރުގައިވާ ގޮތަށް ކިޔަވައިދިނުން.
  2. ސްކީމް، ލެސަން ޕްލޭން ހެދުމާއި ޓީޗިންގ އެއިޑްސް ހެދުން.
  3. ޓެސްޓްޕޭޕަރުތަކާއި ވާރކްޝީޓުތައް ތައްޔާރުކުރުން.
  4. މުބާރާތްތަކަށް ދަރިވަރުން ފަރިތަކުރުވައި މުބާރާތްތައް ހިންގުމުގައި އެހީތެރިވެދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް

1- ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް މި މަދަރުސާގެ އިދާރާ އިން ލިބިވަޑައިގަންނަވާނެއެވެ.)

2- ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް

3- ވަޒީފާއަށްއެދޭ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް  

4- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަންބަރާއެކު )

5- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ކުރެވިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިޔުމުގެ އަސްލު. (މި ލިޔުންތަކުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އޮންނަން ވާނެއެވެ.)

ހުށަހަޅަން ޖެހޭ ތަނާއި ސުންގަޑި

2016 ސެޕްޓެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން އޮމަދޫ ސްކޫލުގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. މި ވަޒީފާއަށް މީހުން ޢައްޔަންކުރެވޭނީ މެރިޓްއުސޫލުން ކަމަށްވާތީ އިންޓަރވިއު ކުރުމެއް ނޯންނާނެއެވެ. މި ވަޒީފާއަށް މީހުން ޢައްޔަންކުރުމުގައި ބަލާނީ ހުށަހަޅާ ލިޔުންތަކަށެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، ރަސްމީގަޑީގައި މި ސްކޫލުގެ ނަންބަރު 6780572 ފޯނާ ގުޅުއްވުމުން އެ މަޢުލޫމާތެއް ސާފުކޮށްދެވޭނެއެވެ.

18 ސެޕްޓެންބަރު 2016