މަސައްކަތް
ނަންބަރު: (IUL)387/387/2016/93
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:07
ސުންގަޑި: 22 ސެޕްޓެންބަރު 2016 13:00
ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަސައްކަތް ކުރުން

އިޢުލާން

ތ. ކަނޑޫދޫ ކައުންސިލް އިދާރާގައި ކުރަންހުރި ބައެއް މަސައްކަތް ކުރުން

ތ. ކަނޑޫދޫ ކައުންސިލް އިދާރާގައި ކުރަންހުރި ބައެއް މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި އިދާރާގެ ނަންބަރު (IUL)387/387/2016/86 (22 އޮގަސްޓު 2016) ގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، ކުރަންޖެހޭ މަސައްކަތްތަކަށް ބައެއް ބަދަލު ގެނެސް މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 19 ވަނަ ދުވަހުގެ 8:30 އިން ފެށިގެން 2016 ސެޕްޓެންބަރު 22 ވަނަ ދުވަހުގެ 13:00 އާ ދެމެދު މި އިދާރާއަށް ދުރުވެ ބިޑު ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު 2016 ސެޕްޓެންބަރު 26 ވަނަ ދުވަހުގެ 11:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރީބިޑް މީޓިންގ، އަދި ސައިޓު ބެލުން 2016 ސެޕްޓެންބަރު 22 ވަނަ ދުވަހުގެ 13:30 ގައި މި އިދާރާގައި އޮންނާނެއެވެ. ބިޑް ޑޮކިއުމަންޓުގެ އަގަކީ -/25 ރުފިޔާއެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މި ފުރުޞަތުގައި ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

16 ޛުލްޙިއްޖާ 1437

18 ސެޕްޓެންބަރު 2016