ދިވެހިރާއްޖެ
އިޢުލާން
މި އިދާރާގެ ނަންބަރު (IUL)301-AS/301/2016/52 (1 ސެޕްޓެންބަރު 2016) ގައި ކޮށްފައިވާ އިޢުލާނަށް ބިޑް ހުށަހެޅީ ދެފަރާތުން ކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.
އަނގޮޅިތީމު ކައުންސިލް އިދާރާގައި ކުރަންހުރި ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ:
ރ. އަނގޮޅިތީމު ކައުންސިލުގައި ކުރަންހުރި، ތިރީގައިވާ މަސައްކަތްތައް ކުރުމަށް ބޭނުންވެއްޖެއެވެ. ކޮންޓްރެކްޓް އުސޫލުން މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކުރަން ބޭނުންވާ ފަރާތްތަކުން މި އިޢުލާނުގައިވާ ތާރީޚުގައި މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތުގެ މަޢުލޫމާތު ދިނުން އޮންނާނީ 2016 ސެޕްޓެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 10:00 ގައި މި ކައުންސިލުގެ އިދާރާގައެވެ. އަދި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2016 ސެޕްޓެންބަރު 26 ވާ ހޯމަދުވަހުގެ 1:00 ގައި މި ކައުންސިލުގެ އިދާރާގައެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކުންފުނި ނުވަތަ ކޯޕަރޭޓް ސޮސައިޓީ ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތުގެ މަޢުލޫމާތު ސާފުކުރުމަށް އަދި ބިޑް ހުށަހެޅުމަށް އަންނަ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ނުވަތަ ބިޑް ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ހާޒިރުވާނަމަ، އެކަން ބަޔާންކޮށް ލިޔެފައިވާ ސިޓީއެއް ގެންނަންވާނެއެވެ. އެކަކަށް ދެފަރާތެއްގެ ނަމުގައި މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. މަޢުލޫމާތު ސާފުކުރުން ނުވަތަ ބިޑް ހުށަހަޅަންވާނީ އެފަރާތެއް ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރީގެ ނަމުގައެވެ. މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑްފޮތް (-/100ރުފިޔާއަށް) ވިއްކުމުގެ އިންތިޒާމު މި ކައުންސިލުގެ އިދާރާގައި ހަމަޖެހިފައިވާނެއެވެ.
ކުރަންޖެހޭ މަސައްކަތް:
- އަނގޮޅިތީމު ކައުންސިލުގެ ބައެއް ފާރުތައް ތަޅައި އިތުރު ފާރު ރޭނުން.
- އަނގޮޅތީމު ކައުންސިލުގެ ކަރަންޓް ވިއުގަ ތްރީފޭސް ކަރަންޓަށް ބަދަލު ކުރުމާއި، ބައެއް ތަކެތި ގަނެ، ހަރުކުރުން.
- ކައުންސިލުގެ އިންޓީރިއާ ޑިޒައިން ކުރުމާއި ޒީނަތްތެރިކުރުން.
- އެލްމިނިއަމް އިން ޕާޓިޝަން ޖެހުމާއި ކައުންޓަރ ހެދުން.
16 ޛުލްޙިއްޖާ 1437