ކުއްޔަށް ހިފުން
ނަންބަރު: GS-180/2016/132
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:54
ސުންގަޑި: 22 ސެޕްޓެންބަރު 2016 13:00
ކޮޅުމަޑުލު މަޑިފުށީ ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމަށް

އިޢުލާން 

ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ:

މި ސްކޫލުގެ ޕްރިންސިޕަލް ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް ކުރި ނަންބަރު: GS-180/2016/122 އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

މި ސްކޫލުގެ ޕްރިންސިޕަލް ހުންނެވުމަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

2016 ސެޕްޓެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި.

2016 ސެޕްޓެންބަރު 27 ވާ އަންގާރަދުވަހުގެ 13:00 ގައި.

ސިޓީ ހުށަހަޅާއިރު، ގެއާއި ގޯތީގެ ފްލޯޗާޓް އަދި އިންވެންޓްރީ ލިސްޓު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ސިޓީ ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ކުއްޔަށް ދޫކުރާ ގޭގައި މިދަންނަވާ ފަސޭހަތައް ލިބެން ހުންނަންވާނެއެވެ.

  • ގޭގެ ދިއްލުންތަކާއި ފަންކާ އަދި ފެން ނަގާ ޕަމްޕު ފަދަ އަސާސީ އިލެކްޓްރިކް ފިޓިންގްސްއާއި މި ދެންނެވުނު ފަދަ އަސާސީ އެންމެހައި ތަކެތި ފުރިހަމައަށް ހުރުން.
  • ފެން ނަގާ ވަޅާއި، ބޯފެން ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވުން. އަދި ފެންވަރާ ފެނުގައި އެއްވެސް ބާވަތެއްގެ ތަޣައްޔަރުކަމެއް ހުރިނަމަ، އެކަން ހުންނަންވާނީ ހައްލުވެފައެވެ.
  • ދޮވެ އިސްތިރިކުރުމަށް ބޭނުންވާ ތަކެތި ފުރިހަމައަށް ހުރުން.
  • ހުސް ވަގުތު އިށީނދެ ތިބުމަށާއި، ލިޔެކިޔުމުގެ ކަންތައްތައްކޮށް އުޅުމަށް ބޭނުންވާ ސާމާނު.
  • ދަތިނުވެ 2 މީހަކަށް ނިދައި އުޅެވޭނެ ފަރުނީޗަރާއި އެހެނިހެން ސާމާނު.
  • ސްކޫލާ ކައިރި އަދި ފަސޭހައިން، އިތުރު ބަޔަކާ އެއްނުވާގޮތަށް ވަދެނިކުމެވޭގޮތަށް ހުރުން.

މި ދެންނެވި ޚިދުމަތްތައް، ކުއްޔަށް ހިފާ ފަރާތުން ދައްކަންޖެހޭ އެއްވެސް އުޖޫރައެއްނެތި ލިބެން ހުންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އަށް 6780568 ނަންބަރު ފޯނަށެވެ.                                                           

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

17 ޛުލްޙިއްޖާ 1437

19 ސެޕްޓެންބަރު 2016