މަސައްކަތް
ނަންބަރު: D13-SM/2016/10
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:38
ސުންގަޑި: 22 ސެޕްޓެންބަރު 2016 13:00
ނ. ހޮޅުދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ނަރުދަމާ ހޮޅިތައް ކެޗްޕިޓާ ގުޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

މި މަރުކަޒުގެ ނަރުދަމާ ހޮޅިތައް ކެޗްޕިޓާ ގުޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 5 ސެޕްޓެންބަރު 2016 ގައި ކުރި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް، މި މަސައްކަތް ކުރުމަށް އަލުން އިޢުލާނު ކުރީމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 22 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހުގެ 1:00 އަށް މި މަރުކަޒަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 29 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހުގެ 1:00 އަށް މި މަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ކަނޑައެޅިފައިވާ ތާރީޚާއި ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

17 ޛުލްޙިއްޖާ 1437

18 ސެޕްޓެންބަރު 2016