ދިވެހިރާއްޖެ
އިޢުލާން
- ހއ. ފިއްލަދޫ ބަންޑާރަ ގޯތި ދޫކުރުން
 
ފިއްލަދޫން ގޯއްޗަށް އެދޭ ފަރާތްތަކަށް 2016 ސެޕްޓެންބަރު 6 ވާ އަންގާރަދުވަހުން ފެށިގެން 2016 ސެޕްޓެންބަރު 29 ބުރާސްފަތިދުވަހުގެ 12:00 ގެ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
ގޯއްޗަށް އެދޭ ފޯމު ދޫކުރާނީ ގޯއްޗަށް އެދޭމީހާ ނުވަތަ އޭނާގެ ބަދަލުގައި ފޮނުއްވާ މީހަކު މި އިދާރާއަށް ދުރުވުމުންނެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. އެސިޓީގައި ފޯމު ހަވާލުވުމަށް ފޮނުއްވާ މީހާގެ ނަމާއި، އެޑްރެސް، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު އޮންނަންވާނެއެވެ. ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 9:00 ން 12:00 އާ ދެމެދުގައެވެ.
ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ، ކުޑަތަކުރުފާނުމަގުގެ އިރުމަތިން 35 ގޯއްޗާއި، ފަސްމަގުގެ ދެކުނުން 34 ގޯއްޗާއި، ފަސްމަގުގެ އުތުރުން 3 ގޯއްޗާއެކު، ޖުމުލަ 3000 އަކަފޫޓުގެ 72 ގޯއްޗެވެ.
ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ 2 ސަރަޙައްދުން ދޫކުރުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް އެ ސަރަޙައްދުތަކުން ގޯއްޗަށް ކުރިމަތިލީނަމަ ގޯތި ދޫކުރެވޭނީ، އެ ސަރަޙައްދަކުން ގޯއްޗަށް ކުރިމަތިލީ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުންނެވެ. އަދި ގޯތި ދޫކުރާ ސަރަޙައްދުން ގޯތި ދިނުމަށް ހަމަޖެހިފައިވަނީ ގުރުއަތުން އެފަރާތްތަކަށް ލިބޭ ނަންބަރެއްގެ ގޯއްޗެވެ.
- ގޯއްޗަށް އެދި ކުރިމަތިލެވޭނެ މީހުންގެ ގައިގައި ހުންނަންޖެހޭ ޝަރުޠު:
 
- އުމުރުން 21 އަހަރު ވެފައިވުން.
 - ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައި ނެތުން.
 - ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ބޮޑުބައެއް ލިބިފައި ނެތުން.
 - ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައި ނެތުން. އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި މީހަކަށް ދީ ނުވަތަ ވިއްކާފައި ނުވުން.
 - ރާއްޖޭގެ އެއްވެސް ރަށަކުން މީގެ ކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑުބައެއް ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި މީހަކަށް ދީ ނުވަތަ ވިއްކާފައިނުވުން.
 - ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ކުޑަބައެއް ލިބި، އެބިމަކީ ވަކިން ޢިމާރާތް ކޮށްފައި ނުވަތަ ވަކިން ޢިމާރާތް ކުރެވޭގޮތަށް ބައި ކުރެވިފައިވާ ބިމެއްނަމަ އެތަން އެޅިފައިވާ އުސޫލުން ދޫކޮށްލުމަށް އެއްބަސްވުން (މިގޮތަށް ދޫކޮށްލުމަށް އެއްބަސްވާ ފަރާތްތަކަށް ލިބޭ ގޯތި ރަޖިސްޓަރީ ކޮށްދެވޭނީ ތަރިކައިން ލިބެންއޮތް ގޯތި ނުވަތަ ލިބެން އޮތްބައި ސަރުކާރަށް ދޫކޮށްލިކަމަށް ޝަރީޢަތުން ނިންމުމަށްފަހުގައެވެ.)
 - ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ފިއްލަދޫން 600 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ލިބިފައި ނެތުން.
 - ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް 600 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ރާއްޖޭގެ އެއްވެސް ރަށަކުން ލިބެން ނެތުން.
 
ނޯޓް: ޕޮއިންޓް ލިބޭ މިންވަރަށް ބަލައި އިސްކަންދޭ ތަރުތީބުން ގޯތި ލިބޭ މީހުންގެ ލިސްޓަށް ދެމަފިރިން ހޮވިއްޖެނަމަ، ގޯތި ލިބިގަންނާނެ ފަރާތެއް ނިންމާނީ އެދެމީހުންގެ ދެމެދުގައި ވާހަކަ ދައްކައިގެންނެވެ. ގޯތި ލިބޭ ފަރާތް ކަނޑައަޅާނީ ގޯތިކޮމިޓީގެ ހާޒިރުގައި ދެމަފިރިން މެދުގައި ގުރުއަތުލައިގެންނެވެ.
ފޯމު ހުށަހަޅާ ފަރާތުގެ އުމުރާއި އަދި ކާވެނީގެ މުއްދަތަށް ބަލާނީ އެމީހަކު ފޯމު ހުށަހަޅާ މީލާދީ ތާރީޚާ ހަމައަށެވެ.
- ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލު
 
1. ކައިވެނީގެ ބައި:
| 
 ހ  | 
 މީހަކާ އިނދެގެން ހުރިނަމަ  | 
 25 ޕޮއިންޓް  | 
| 
 ށ  | 
 ކުރިން މީހަކާ އިނދެ، ކައިވެނި ރޫޅިފައިވީ ނަމަވެސް ދަރިން ތިބިނަމަ  | 
 15 ޕޮއިންޓް  | 
| 
 ނ  | 
 ކައިވެންޏަށް 1 (އެކެއް) އަހަރު ވެފައިވާނަމަ، އަހަރަކަށް 1 ޕޮއިންޓް (މިގޮތުން ގިނަވެގެން ދެވޭނީ 6 ޕޮއިންޓެވެ.)  | 
 6 ޕޮއިންޓް  | 
2. ޢުމުރުގެ ބައި:
| 
 ހ  | 
 ޢުމުރުން 21 – 25 އަހަރާ ދެމެދު ނަމަ  | 
 5 ޕޮއިންޓް  | 
| 
 ށ  | 
 ޢުމުރުން 25 އަހަރުން މަތިނަމަ (ގިނަވެގެން ދެވޭނީ 7 ޕޮއިންޓް)  | 
 7 ޕޮއިންޓް  | 
3. ދަރިންގެ ބައި:
| 
 ހ  | 
 18 އަހަރުން ދަށުގެ ދަރިއަކު ހުރިނަމަ  | 
 6 ޕޮއިންޓް  | 
| 
 ށ  | 
 18 އަހަރުން ދަށުގެ އެއްކުއްޖަކަށްވުރެ ގިނަކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް (މި ބަޔަށް ގިނަވެގެން ދެވޭނީ 20 ޕޮއިންޓެވެ.)  | 
 5 ޕޮއިންޓް  | 
| 
 ނ  | 
 ދާއިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުން ދަށުގެ ކުއްޖަކު ހުރިނަމަ  | 
 3 ޕޮއިންޓް  | 
| 
 ރ  | 
 ދާއިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުން ދަށުގެ 1 ކުއްޖަކަށްވުރެ ގިނަކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް (ގިނަވެގެން ދެވޭނީ 8 ޕޮއިންޓް)  | 
 4 ޕޮއިންޓް  | 
4. މައިންބަފައިންގެ ބައި:
| 
 ހ  | 
 މަންމަ ބަލަމުން ގެންދާނަމަ  | 
 3 ޕޮއިންޓް  | 
| 
 ށ  | 
 ބައްޕަ ބަލަމުން ގެންދާނަމަ  | 
 3 ޕޮއިންޓް  | 
| 
 ނ  | 
 މައިން ބަފައިންނާއި ދަރިން ފިޔަވައި ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކު ބަލަމުން ގެންދާނަމަ  | 
 3 ޕޮއިންޓް  | 
5. ރަށްވެހިކަމުގެ ބައި:
| 
 ހ  | 
 ރަށުގެ ރައްވެއްސެއްނަމަ  | 
 25 ޕޮއިންޓް  | 
| 
 ށ  | 
 ރަށުގެ ރަށްވެއްސެއް ނޫންނަމަ  | 
 15 ޕޮއިންޓް  | 
6. ޕޮއިންޓް އުނިކުރުން:
| 
 ހ  | 
 ގޯއްޗަށް އެދޭ މީހާގެ އަނބިމީހާ / ފިރިމީހާއަށް 600 އަކަފޫޓު ހަމަވާ ނުވަތަ އެއަށްވުރެ ބޮޑު ގޯއްޗެއް ލިބިފައި އޮތްނަމަ  | 
 15 ޕޮއިންޓް  | 
| 
 ށ  | 
 ރަށުގައި ދިރިނޫޅޭތާ 2 އަހަރަށްވުރެ އިތުރުވެފައިވާނަމަ  | 
 5 ޕޮއިންޓް  | 
އިތުރު ތަފުސީލު:
ހ. ނަންބަރު 1 ގައިވާ ކައިވެނި ރޫޅިފައިވާ ކަމަށް ބަލާނީ ގޯތި ދޫކުރާކަން އިޢުލާނު ކުރުމުގެ ކުރިން ކައިވެނި ރޫޅިފައި ވާނަމައެވެ. އަދި މިބައިން މާކްސް ލިބޭނީ ލިބިފައިވާ ދަރިން ބަލަމުން ގެންދަނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހާ ކަމުގައި ވާނަމައެވެ.
ށ. ނަންބަރު 2 ގައިވާ ޢުމުރުގެ ބައި ބަލާނީ ގޯތި ދޫކުރުމަށް ކުރި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚަށެވެ.
ނ. ނަންބަރު 3 ގެ (ށ) ގައިވާ ދަރިންގެ އަދަދަށް ޕޮއިންޓް ދިނުމުގައި 4 ދަރިންނަށްވުރެ ގިނައިން ދަރިން ތިބި ކަމުގައިވިޔަސް ދެވޭނީ ޖުމުލަ 20 ޕޮއިންޓެވެ. ދަރިން ތިބެގެން ޕޮއިންޓް ދޭނީ ގޯއްޗަށް އެދިފައިވާ މީހާގެ ބެލުމުގެ ދަށުގައިތިބި ދަރިންނަށެވެ. (މިސާލު: ދަރިފުޅު ނުވަތަ ދަރިން ބަލަމުން ގެންދަނީ ގޯއްޗަށް އެދިފައިވާ މީހާ ނުވަތަ އޭނާގެ ފަރާތުން ބަލަންޖެހޭ މީހެއް ކަމުގައި ނުވާނަމަ ދަރިންނަށް ދޭ ޕޮއިންޓް ގޯއްޗަށް އެދިފައިވާ މީހާއަށް ދޭކަށް ނުޖެހޭނެވެ.)
ރ. ނަންބަރު 4 ގައިވާ މައިންބަފައިން ބަލަމުން ގެންދާތީ ލިބޭ ޕޮއިންޓް ލިބޭނީ މަންމަ ނުވަތަ ބައްޕަގެ ގޯތި ނެތި މަންމަ ނުވަތަ ބައްޕަ ބަލަމުން ގެންދާނަމައެވެ.
ބ. ނަންބަރު 4 ގެ (ނ) ގައިވާ ފަދަ މީހަކު ބަލަމުންދާކަމަށް ބެލެވޭނީ މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫން ސަބަބަކާހުރެ އަމިއްލައަށް އެއްވެސް މަސައްކަތެއް ކޮށްނޫޅެވޭ ފަދަ މީހަކު ބަލަމުންދާނަމައެވެ.
ޅ. ނަންބަރު 6 ގެ (ށ) ގައި އެހެން އޮތްނަމަވެސް ކައިވެންޏަށް 2 އަހަރު ނުވާ ފަރާތްތައް އިސްތިސްނާ ވާނެއެވެ. ރަށުގައި ދިރިނޫޅޭކަމަށް ބެލެވޭނީ ޢާއިލާއެކު ރަށުން ބޭރަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތަކެވެ. ޢާއިލާ ކަމުގައި ބަލާނީ ފިރިމީހާ/އަނބިމީހާ/ދަރިންނެވެ. ތަޢުލީމު ހާސިލު ކުރުމަށް ރަށުން ބޭރުގައި ތިބި ފަރާތްތަކަކީ ރަށުގައި ދިރިނޫޅޭ ފަރާތްތަކެއްގެ ގޮތުގައި ނުބެލެވޭނެއެވެ.
ކ. ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނިއިތުރު ބަލާނީ ގޯތި ދޭ ތާރީޚަށެވެ.
- ގޯތި ލިބޭގޮތް:
 
ހ. ގޯތި ލިބެންޖެހޭ މީހުން ހޮވާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަ ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. އެގޮތުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދަށްވުރެ އިތުރަށް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ މީހުން ތިބިނަމަ، އޭގެތެރެއިން ގޯތި ލިބޭ މީހުން ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.
ށ. ގޯތި ލިބޭނީ މަދުވެގެން 50 ޕޮއިންޓް ލިބޭ ފަރާތްތަކަށެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
5 ޛުލްޙިއްޖާ 1437