ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: GS69/BUDGET/2016/008
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 26 ސެޕްޓެންބަރު 2016 10:30
މިލަންދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ އައު ޔުނީފޯމުގެ ފޮތި ހޯދުމާބެހޭ

އިޢުލާން

2017 ވަނަ އަހަރު މި ސްކޫލުގައި ބޭނުންކުރާ ސްކޫލުގެ އައު ޔުނީފޯމުގެ ފޮތި ހޯދުމާބެހޭ

2017 ވަނަ އަހަރުން ފެށިގެން މި ސްކޫލުގައި ބޭނުންކުރުމަށް ފާސްކުރި ސްކޫލުގެ އައު ޔުނީފޯމުގެ ފޮތި ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކަށް، އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޚު

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

26 ސެޕްޓެންބަރު 2016

ހޯމަ

10:30

އަންދާސީހިސާބު ހުށަހެޅުން

28 ސެޕްޓެންބަރު 2016

ބުދަ

10:30

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އަދި ބަދަލުގައި ފޮނުއްވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ.

08 ސެޕްޓެންބަރު 2016