ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "އެންހޭންސް އިންޓަގްރޭޓެޑް ފްރޭމްވާރކް" ޕްރޮގްރާމް (އީ.އައި.އެފް)ގެ ދަށުން، ތަންފީޒުކުރުމުންދާ ޕްރޮޖެކްޓުތަކުގެ ދަށުން ތިރީގައި މިދަންނަވާ މަޤާމަށް ލޯކަލް ކޮންސަލްޓަންޓުން ބޭނުންވެއްޖެއެވެ.
މަޤާމު: ބިޒްނަސް ޕްރޮސަސް އެނަލިސްޓް
އަދަދު : 04
ފެންވަރު ނުވަތަ ޝަރުޠު:
- ބިޒްނަސް، އައި.ޓީ ނުވަތަ ގުޅުން ހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
- ބިޒްނަސް ޕްރޯސަސް ދިރާސާކޮށް، ޕްރޯސަސް ރިއިންޖިނިއަރ ކުރަން އެނގުން ނުވަތަ ގުޅުންހުރި ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.
- ބައިނަލްއަޤްވާމީ ވިޔަފާރީގެ މުޢާމަލާތްތައް ކުރާ ގޮތާއި، ދިވެހިރާއްޖެއަށް މުދާ އިމްޕޯޓްކުރުމާއި، އެކްސްޕޯޓް ކުރުމާ ބެހޭ ޤާނޫނުތަކާއި ގަވާއިދުތަކާއި އަމަލުކުރާ އުސޫލުތަކާ ބެހޭ މަޢުލޫމާތު ހުރުން.
- ކޮމްޕިއުޓަރ ބޭނުންކުރަން އެނގުމާއެކު، ކޮމްޕިއުޓަރ ސޮފްޓްވެއަރކަމުގައިވާ އެކްސެސް، އެކްސެލް، ވިޒިއޯ، މައިކްރޯސޮފްޓް ޕްރޮޖެކްޓްފަދަ ކޮމްޕިއުޓަރ ސޮފްޓްވެއަރ ބޭނުންކުރަން އެނގުން.
މަތީގައި އިޢުލާންކުރެވިފައިވާ ކޮންސަލްޓަންސީއާ ގުޅޭ ޓާރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ޑައުންލޯޑުކުރެވޭނެއެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައި ގަންނަވާނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ނުވަތަ މިނިސްޓްރީން ކަނޑައަޅާ މަސައްކަތާ ގުޅުން ހުރި ސަރުކާރުގެ އެހެން އިދާރާއެއްގައި.
މަސައްކަތް ކުރަންޖެހޭ ގަޑި: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:00 ން މެންދުރުފަހު 4:00 އަށް ( އެއް ގަޑިއިރުގެ ހުސް ވަގުތު ކޮޅަކާއެކު)
މުސާރަ: -/22،000 ދިވެހި ރުފިޔާ
ވަޒީފާގެ މުއްދަތު: : 4 މަސްދުވަސް
ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 2016 ސެޕްޓެންބަރު 29 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން، ސީ.ވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީ، ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ، މި މިނިސްޓްރީގެ ހިއުމަން ރިސޯސް ޔުނިޓަށް އެޑްރެސްކޮށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހުގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި “Application for BPA Analyst” މިހެން ލޭބަލްކުރެވިފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 08:00 – 15:00 ދެމެދު 3333174 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
16 ޛުލްޙިއްޖާ 1436