ދިވެހިރާއްޖެ
ހދ. މަކުނުދޫ މަސްޖިދުއްޞިއްދީޤުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)270/INDIV/2016/52 (18 އޮގަސްޓު 2016) އިޢުލާނާ ގުޅިގެން މަސައްކަތުގެ ބިޑް ހުށަހެޅިއިރު އިސްލާމިކް މިނިސްޓްރީން ކަނޑައަޅުއްވާފައިވާ އަގަށްވުރެ ބޮޑުވާތީ، ބަޔާންކުރެވިފައިވާ މަސައްކަތްތައް ކުރުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 26 ވާ ހޯމަދުވަހުގެ 11:00 އަށް މަކުނުދޫ ކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 3 ވާ ހޯމަދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ރަޖިސްޓަރީ ކުރެވިފައިވާ ވިޔަފާރިއެއް ނުވަތަ ކުންފުންޏެއްގެ ފަރާތުން ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށް ނުވަތަ ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެމީހަކު ތަމްސީލު ކުރަނީ ކޮން ފަރާތެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެވޭނީ އެއް ފަރާތެވެ. މަޢުލޫމާތު ސާފުކުމުގެ ބައްދަލުވުމަށް ހާޒިރުވެނުލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި ވިޔަފާރި އުސޫލުން ރަޖިސްޓަރީ ކޮށްފައިނުވާ، އެއްވެސް ފަރުދަކަށްވެސް، ކުންފުންޏަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރުމަށް ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަކަށް ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން ޕޮއިންޓް ދީގެން، އެންމެ މަތީ ޕޮއިންޓެއް ލިބިލައްވާ ފަރާތެވެ.
- ހުށަހަޅާފައިވާ އަގު ( 70 އިންސައްތަ )
- މިފަދަ މަސައްކަތްތައް ކުރުމުގެ ތަޖުރިބާ ( 10 އިންސައްތަ )
- މަސައްކަތް ފުރިހަމަ ކުރެވޭނެ މުއްދަތު ( 10 އިންސައްތަ )
- މާލީޤާބިލުކަން (10 އިންސައްތަ)
ޝުކުރިއްޔާ
17 ޛުލްޙިއްޖާ 1437