ދިވެހިރާއްޖެ
އިޢުލާން
ކޭބަލް ވަޅުލުމާއި، މަގުބައްތި ޖެހުން:
މި ރަށުގައި އަލަށް ޖަހަންޖެހޭ މަގުބައްތިތައް ޖެހުމަށާއި، ކުރިން ޖަހާފައިވާ ބައްތިތައް މަރާމާތުކުރުމުގެ ގޮތުން ކޭބަލް ވަޅުލުމާއި، މަގުބައްތި ޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރު 268/2016/66(IUL) 24 އޮގަސްޓު 2016 އިޢުލާނު ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 21 ވާ ބުދަދުވަހުގެ 13:30 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 27 ވާ އަންގާރަދުވަހުގެ 13:30 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، މަޢުލޫމާތު ފުރިހަމަނުވާ ޕްރޮޕޯޒަލްތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. ޕްރޮޕޯޒަލް ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6520042 އަށް ގުޅުއްވުން އެދެމެވެ.
މާކްސް ދެވޭ ކްރައިޓީރިޔާ |
މާކްސް ދެވޭނެ ގޮތް |
ތަފުސީލު |
މަސައްކަތުގެ އަގަށް |
70% |
* ޚިދުމަތުގެ އަގަށް ދޭ މާކްސް * މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. * މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑައަގަށެވެ. |
މުއްދަތު |
20% |
* މަސައްކަތް ނިންމާނެ މުއްދަތު * މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ މުއްދަތުތަކުގެ ތެރެއިން އެކަށީގެންވާ އެންމެ ކުރުމުއްދަތެއް އެއީ ބެންޗްމާކްއެއްކަމުގައި ބަލައިގެން، ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % (އިންސައްތަ) * މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެކަށީގެންވާ އެންމެ ކުރުމުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމާނެ ފަރާތަކަށެވެ. |
ތަޖުރިބާ |
10% |
* މި މަސައްކަތްތަކާ ގުޅޭ ދާއިރާގައި އެންމެ ގިނަދުވަހު މަސައްކަތްކޮށް އަދި ނިންމާފައިވާ ޕްރޮޖެކްޓްތަކަށް ދެވޭ މާކްސް. * މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ މިކައުންސިލްގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން މި މަސައްކަތްތަކާ ގުޅޭ ދާއިރާގައި އެންމެ ދިގުމުއްދަތެއް ހޭދަކޮށް، އަދި އެންމެ ގިނަ ޕްރޮޖެކްޓްތައް ހިންގާފައިވާ ފަރާތަކަށެވެ. |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
4 ޛުލްޙިއްޖާ 1437