ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)269/269/2016/81
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 08:28
ސުންގަޑި: 27 ސެޕްޓެންބަރު 2016 13:30
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު

މިއިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:          މަސައްކަތު

ބޭނުންވާ އަދަދު:      1 (އެކެއް)

ކްލެސިފިކޭޝަން:      ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް:           އެސް. އެސް 1 (ސަޕޯޓް ސަރވިސް 1)

މުސާރަ:          މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް:  މަހަކު -/1000 ރުފިޔާ

މަޤާމުގެ ނަންބަރު:     222230

މަޤާމުގެ ގިންތި:      ދާއިމީ

ސެކްޝަން/ޔުނިޓް:     ކޯޕަރޭޓް އެފެއާޒް

ފެންވަރު ނުވަތަ ޝަރުޠު:

  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުން، ނުވަތަ
  2. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެސް. އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތްކުރަމުންދާ މީހެއް ކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކޮންމެ ދުވަހަކު ކައުންސިލުގެ އިދާރާގެ ގޯތިތެރެ ކުނިކަހައި ސާފުކޮށް، ކުނި ނައްތާލައި ގޯތިތެރެ ތަރުތީބުކުރުން.
  2. ކައުންސިލުގެ އިދާރާގެ ޢިމާރާތުގެ ދޮރުތަކާއި ދޮރުފަތްތައް ހަޑިވިޔަނުދީ ފޮޅައި ސާފުކުރުން.
  3. ކައުންސިލުގެ އިދާރާގައި ބޭނުންކުރަމުންދާ ކޮމްޕިއުޓަރ، ފޮޓޯކޮޕީމެޝިން ފަދަ ތަކެތި ހިރަފުސްވިޔަނުދީ ފޮޅައި ސާފުކުރުން.
  4. ކައުންސިލުގެ އިދާރާގައި ބޭނުންކުރާ ފަންކާތަކާއި ދިއްލުމަށް ބޭނުންކުރާ ތަކެތި ހިރަފުސްވިޔަނުދީ ފޮޅައި ސާފުކުރުން.
  5. ކައުންސިލުގެ އިދާރާގެ ގޯތިތެރޭގައި ބަގީޗާ ހައްދައި، އަދި އިދާރާގެ ގޯތިތެރޭގައިވާ ގަސްތަކާއި ބަގީޗާތަކަށް ފެންޖަހައި ބެލެހެއްޓުން.
  6. ސަރުކާރުގެ އިދާރާތަކާއި އެކިއެކި ފަރާތްތަކަށް ކައުންސިލުގެ އިދާރާއިން ހަވާލުކުރަންޖެހޭ ލިޔެކިޔުންތަކާއި އެނޫންތަކެތި ހަވާލުކުރުމާއި، އިޢުލާން ހިއްފުން.
  7. ޒިންމާދާރުވެރިޔާ ނުވަތަ ޔުނިޓުގެ ވެރިން އަންގަވާ ގޮތެއްގެ މަތިން ރަށަށް ވަޑައިގަންނަވާ ވަފުދުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ކައުންސިލުގެ ފަރާތުން ބާއްވާ ޖަލްސާތަކަށާއި ބައްދަލުވުންތަކަށް ތަން ތައްޔާރުކުރުން.
  8. މީގެ އިތުރުންވެސް ކައުންސިލުގެ އިދާރާއިން ނުވަތަ އެހެން ފަރާތަކުން ނަމަވެސް ރާވައި ހިންގާ އިޖުތިމާޢީ މަސައްކަތްތަކުގައި ބައިވެރިވުމާއި، ވަޒީފާގެ މަސްއޫލިއްޔަތާ ގުޅިގެން އެވަގުތަކު މުހިންމުވެގެން ކައުންސިލުގެ އިދާރާއިން ހަވާލުކުރާ މަސައްކަތްތައް ކުރުން.

އުޖޫރައާއި އިނާޔަތްތައް:

1- ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސައިދެވޭނެއެވެ.

2- ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ބަންދު ދުވަސްތަކުގެ ފައިސާ ދެވޭނެއެވެ.

3- މީގެ އިތުރުންވެސް ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ދެވޭ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

  • މަޤާމުގެ ޝަރުޠު ހަމަވުން.
  • ތަޢުލީމާއި ތަމްރީނުގެ މިންވަރު
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާގެ މިންވަރު
  • މަސައްކަތަށް ބޭނުންވާ ހުނަރާއި ޤާބިލުކަން (އިންޓަރވިއުއިން)

މަޤާމަށް ބޭނުންވާ މީހުން ހޮވުމަށްޓަކައި ބާއްވާ އިންޓަރވިއު އޮންނާނެ ތަނާއި ގަޑި:

  • މި މަޤާމަށް މީހުން ހޮވުމަށްޓަކައި ބާއްވާ އިންޓަރވިއު އޮންނާނީ ހދ. ވައިކަރަދޫ ކައުންސިލުގެ އިދާރާގައެވެ.
  • އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން މި މަޤާމުގެ ޝަރުޠު ފުރިހަމަވެ އިންޓަރވިއުއަށް ހޮވުނު ފަރާތްތަކަށް އިޢުލާނަށް މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި ލިޔުމަކުން އެންގޭނެއެވެ. އަދި އިންޓަރވިއުއަށް ނުހޮވޭ ފަރާތްތަކަށްވެސް އިންޓަރވިއުއަށް ނުހޮވުނު ސަބަބު ބަޔާންކޮށް ކުރިން ބަޔާންކުރި މުއްދަތުގެ ތެރޭގައި ލިޔުމަކުން އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންފޯމު (އެޕްލިކޭޝަންފޯމު މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.)
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލު ގެންނަވަންވާނެއެވެ.)
  • ކުރިން ވަޒީފާއެއްގައި އުޅެފައިވާނަމަ އަދާކޮށްފައިވާ ވަޒީފާތަކާއި މުއްދަތު އެނގޭނެ ލިޔުން.
  • ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް
  • އެޕްލައިކުރައްވާ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާނަމަ ނުވަތަ މީގެކުރިން އެފަދަ ވަޒީފާއެއްގައި/ވަޒީފާތަކުގައި މަސައްކަތް ކުރައްވާފައިވާނަމަ، އެވަޒީފާގައި/ވަޒީފާތަކުގައި ކޮށްފައިވާ މަސައްކަތް/މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް
  • ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކޮށްފައިވާ/ކުރަމުންގެންދާ އޮފީސްތަކާއި، މަޤާމުތައް އަދި މުއްދަތު ބަޔާންކޮށްފައިވާ)
  • ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެމުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ ''މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް މި ފޯމު ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް (އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަވަންވާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ތަކެތި ހުށަހަޅަންޖެހޭ ސުންގަޑި: 2016 ސެޕްޓެންބަރު 27 ވާ އަންގާރަދުވަހުގެ 13:30 ގެ ކުރިން މި އިދާރާއަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6520049 ނުވަތަ 6520046 ނަންބަރަށެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ޛުލްޙިއްޖާ 1437

19 ސެޕްޓެންބަރު 2016