ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމު: |
(ޖީއެސް 4) އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމުގެ ރޭންކް: |
ޖީ.އެސް 4 |
މަޤާމުގެ ކުލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 2 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
އޮގަނައިޒޭޝަން ޔުނިޓް: |
އިދާރީ |
މަޤާމުގެ މުސާރަ: |
-/5،020 ރުފިޔާ (މަހަކު) |
ސަރވިސް އެލަވަންސް: |
-/1،500 ރުފިޔާ (މަހަކު) |
އެހެނިހެން ޢިނާޔަތްތައް: |
ދިވެހި ސިވިލް ސަރވިސް ގަވާއިދުގައިވާގޮތުގެ މަތީން ބަންދުދުވަހާއި އިތުރުގަޑީގެ ފައިސާއާއި އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ ލިބޭނެއެވެ. |
ބޭނުންވާ އަދަދު: |
1 (އެކެއް) |
ތަޢުލީމާއި ތަޖުރިބާ |
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ އިންފޮމޭޝަން ޓެކްނޮލޮޖީ/ ހިޔުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ، - މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ - ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: |
ވަށަފަރު ސްކޫލް، ހއ. ވަށަފަރު |
މަޤާމުގެ މަސްއޫލިއްޔަތު: |
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު: |
2016 ސެޕްޓެންބަރު 27 ވާ އަންގާރަދުވަހުގެ 13:00 ގެ ކުރިން ވަށަފަރު ސްކޫލުގެ އޮފީހަށް |
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތައް، އަދި ރާއްޖެއިން ބޭރުގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތައް، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ތަޢުލީމާއި ތަމްރީނު. މަސައްކަތުގެ ތަޖުރިބާ. އިންޓަރވިއު އަދި ޕްރެޒެންޓޭޝަން. |
އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 2016 ސެޕްޓެންބަރު 27 އާއި 2016 އޮކްޓޫބަރު 05 އާ ދެމެދު ވަށަފަރު ސްކޫލުގެ އޮފީހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. (ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކަށް އިންޓަރވިއު އޮންނަ ތާރީޚާއި ގަޑި ލިޔުމުން އެންގޭނެއެވެ.) |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މި ސްކޫލުގެ ނަންބަރު 6500538 ފޯނާއެވެ. |
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
4 ޛުލްޙިއްޖާ 1437