ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމު: އެސިސްޓެންޓް ލައިބްރޭރިއަން
ބޭނުންވާ އަދަދު: 1 (އެކެއް)
ރޭންކް: ޖީ. އެސް 4
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2
މުސާރަ: މަހަކު -/5020 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ
ވަޒީފާ އޮތް އޮފީސް: އއ. އަތޮޅު ތަޢުލީމީ މަރުކަޒު
ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިދާރީބައި
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ލައިބްރަރީން ދަރިވަރުންނާއި ޓީޗަރުންނަށް ފޮތް ދޫކުރުން.
- ލައިބްރަރީގައި ފޮތްތައް އަތުރަންޖެހޭގޮތަށް އަތުރައި ތަރުތީބުކޮށް ބެހެއްޓުން.
- ހަލާކުވާ ފޮތްތައް ހެއްދުން.
- ލައިބްރަރީގެ އިންވެންޓްރީ ފުރިހަމަކޮށް ބެލެހެއްޓުން.
- ލައިބްރަރީއަށް ހޯދާ ފޮތްތަކާއި ލިބޭ ފޮތްތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވައިގެން ފާސްކުރުން.
- އަލަށް ލިބޭ ފޮތްތައް ދަރިވަރުންނަށް ތަޢާރަފުކޮށްދިނުން.
- ފޮތްކިޔުމަށް ދަރިވަރުން ޝައުޤުވެރިކުރުވުމަށް މަދުވެގެން ޓާމަކު 1 ޕްރޮގްރާމް ހިންގުން.
- ލައިބްރަރީއަކީ ދަރިވަރުން ޝައުޤުވެރިވާ ފަދަ ތަނެއްގެ ގޮތުގައި ހެދުން.
ޝަރުޠު:
1- ލައިބްރަރީއާ ގުޅޭ ދާއިރާއަކުން ނުވަތަ ކިޔަވައިދިނުމާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
ނުވަތަ
2- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
ނުވަތަ
3- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
- ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.
- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
އިންޓަރވިއު ކުރުން
ހ. މިމަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަރވިއު ކުރުން 2016 އޮކްޓޫބަރު 3 ވަނަ ދުވަހު މި މަރުކަޒުގައި އޮންނާނެއެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު 10 މީހުންނަށްވުރެ އިތުރުވެއްޖެނަމަ ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމު (ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. އަދި މި މަރުކަޒުގެ އިދާރާއިންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)
ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް
ބ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މި މަރުކަޒުގެ އިދާރާއަށެވެ. އީ.މެއިލް ކުރައްވަން ބޭނުންވާ ފަރާތްތަކުން [email protected] އަށް ފޮނުއްވުން އެދެމެވެ.
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ސެޕްޓެންބަރު 28 ވާ ބުދަދުވަހުގެ 12:00 ގެ ކުރިންނެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން، އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ނަންބަރު 6660020 ފޯނަށް ގުޅުއްވުން އެދެމެވެ.