ނީލަން
ނަންބަރު: 113-CCD/I-2016/84
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:17
ސުންގަޑި: 20 ސެޕްޓެންބަރު 2016 14:30
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ނުގެންގޮސް ގިނަދުވަސްވެފައިވާ މުދާ ނީލަމުގައި ވިއްކާލުން

އިޢުލާން

ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންދަވައި ގިނަދުވަހު ބަހައްޓާފައިވާ މިދަންނަވާ މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.

  1. މުދަލުގެ އަދަދާއި ބާވަތް: (ތަފުސީލު އެޓޭޗްކޮށްފައިވާ ލިސްޓުގައި)
  2. ނީލަން ކިއުން އޮންނަ ތަން: ސަރވިސް ބިލްޑިންގގެ މީޓިންގ ރޫމް-2 ގައި
  3. ނީލަން ކިޔަން ފެށުން: 2016 ސެޕްޓެންބަރު 20 ވާ އަންގާރަ ދުވަހު މެންދުރުފަހު 16:00 ން ފެށިގެން.
  4. ނީލަމުގައި ބައިވެރިވުން: މި ނީލަމުގައި ބައިވެރިވެވޭނީ 2016 ސެޕްޓެންބަރު 20 ވާ އަންގާރަ ދުވަހު މެންދުރުފަހު 14:30 ގެ ކުރިން މި ކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާޓްމަންޓުގައި ނަން ނޯޓުކުރާ ފަރާތްތަކަށެވެ. ނަން ނޯޓުކުރައްވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ފަދަ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  5. ނީލަން ކިޔާ މުދާ ބެލުން: 2016 ސެޕްޓެންބަރު 19 ވާ ހޯމަ ދުވަހާއި 2016 ސެޕްޓެންބަރު 20 ވާ އަންގާރަ ދުވަހު ހެނދުނު 09:30 ން 11:30 އަށް
  • ކަސްޓަމްސް ކްލިއަރެންސް ހަމަޖެއްސުމާއި ކަސްޓަމްސް ޑިއުޓީ ދައްކާނީ މުދާ ނީލަމުން ނެގި ފަރާތަކުންނެވެ. އަދި މުދާ ކްލިއަރ ކުރަން ބޭނުންވާ ވަސީލަތްތައް ހަމަޖެހިފައިވާ އުސޫލުގެ މަތިން މި ކުންފުނިން ފޯރުކޮށްދެވޭނެއެވެ.
  • ނީލަން ނިމޭނީ އެންމެ މަތީ އަގެއް ހުށަހަޅައި، ކަނޑައެޅިފައިވާ ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ އެ ވަގުތު ބެހެއްޓި ފަރާތަކަށެވެ. ޑިޕޮޒިޓް ފައިސާ ނުބަހައްޓާނަމަ، ފައިސާ ނުބެހެއްޓި މީހާ ނުހިމަނައި އެ މުދަލެއްގެ ނީލަން ކުރިއަށް ގެންދެވޭނެއެވެ.
  • ނީލަން ނިމޭ ދުވަހާ ޖެހިގެން އަންނަ ދުވަހު ނީލަމުން މުދާ ނެގި ފަރާތުން "އޮކްޝަން ކާގޯ ޑެލިވަރީ އޯޑަރ" އާ ޙަވާލުވާންވާނެއެވެ.
  • ޖީއެސްޓީ ގޮތުގައި %6 ނީލަން ނިމޭ އަގުން ނެގޭނެއެވެ.   

ނީލަން ނިމޭ އަގު

ސެކިއުރިޓީ ޑިޕޮޒިޓް ބަހައްޓަންވާ މިންވަރު

500.00

ރ

އާ ހަމައަށް އަގުގެ

100%

1,000.00 – 501.00

ރ

އާ ހަމައަށް އަގުގެ

25%

10,000.00 – 1,001.00

ރ

އާ ހަމައަށް އަގުގެ

15%

10,001.00

ރ

އިން ފެށިގެން މައްޗަށް އަގުގެ

10%

  • މުދާ ދޫކުރެވޭނީ މިކުންފުންޏަށާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ފައިސާ ދެއްކެވުމަށްފަހު ޑެލިވަރީ އޯޑަރ މިކުންފުންޏަށް ހުށަހެޅުއްވުމުންނެވެ. މި ކުންފުންޏަށް ފައިސާ ދައްކަވާނީ ނީލަން ނިމުނު އަގުން ސެކިއުރިޓީ ޑިޕޮޒިޓް ކެނޑުމަށްފަހު ބާކީވާ ވަރަކަށެވެ.
  • ނީލަން ނިމި، ޑެލިވަރީ އޯޑަރ ދޫކުރެވޭތާ 10 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކަވައިފިނަމަ ނީލަން ބާޠިލު ކުރެވޭނެއެވެ. އަދި އެފަދަ ފަރާތަކަށް މި ކުންފުނިން ބާއްވާ އެހެން ނީލަމެއްގައި ބައިވެރިވެވޭނީ ނީލަން ބާޠިލުވާ ތާރީޚުން ފެށިގެން 90 ދުވަސް ފަހުންނެވެ.
  • ނީލަމުން ނަގާ މުދަލަށް ސްޓޯރޭޖް ޗާޖް ނަގާނީ މި ކުންފުނީގެ ސްޓޯރޭޖް ފީއާ ބެހޭ ގަވާއިދުގެ މަތިންނެވެ.
  • ފައިސާ ދެއްކުމަށްފަހު މުދާ ނުގެންގޮސް ހުއްޓާ ސްޓޯރޭޖް ފައިސާގެ އަދަދު، މުދަލުގެ އަގަށް ދެއްކި ފައިސާއާ އެއްވަރުވުމުން ނުވަތަ އެއަށްވުރެ އިތުރުވުމުން ނީލަން ބާޠިލުވާނެއެވެ. އަދި ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ ރިފަންޑް ނުކުރެވޭނެއެވެ.
  • ނީލަމާބެހޭ މަޢުލޫމާތު މި ކުންފުނީގެ ވެބްސައިޓުން (www.port.com.mv) ލިބިވަޑައިގަންނަވާނެއެވެ.

14 ޛުލްޙިއްޖާ 1437

15 ސެޕްޓެންބަރު 2016