ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-F/1/2016/12
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 15:39
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
އެއްވެއުޅުން ހުއްދަ ސަރަޙައްދާ ގުޅޭ

އިޢުލާން

ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު (ނަންބަރު 1/2013) ގެ 24 ވަނަ މާއްދާގެ (ޅ) ގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހެންވޭރު ކާނިވާ ސަރަޙައްދުގައި ކަމަށް ކަނޑައަޅައިފީމެވެ.

27 ޛުލްޤަޢިދާ 1437

31 އޮގަސްޓް 2016