ވަޒީފާގެ ފުރުޞަތު
ނަންބަރު: 113-HR/I-2016/80
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 21:09
ސުންގަޑި: 20 ސެޕްޓެންބަރު 2016 15:30
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :4

އަސާސީ މުސާރަ:

މަހަކު -/4304 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން -/5380 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

މަހަކު -/2000ރ އާއި 4000ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދިި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އަސާސީ ޝަރުޠު:

- ޖީސީއީ އޯލެވެލް 2 މާއްދާއިން ދައްވެގެން "ސީ" ފާސް ލިބިފައިވުމާއިއެކު އެސް.އެސް.ސީ އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދައްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ މިފަދަ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން  

މަސައްކަތް ކުރަންޖެހޭ ގަޑި:

 ދުވާލަކު 8 ގަޑިއިރު

މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތު:

- ދުވަހުން ދުވަހަށް ޑިޕާޓްމަންޓުގައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

މަޤާމް :އެސިސްޓެންޓް ޓެލީ އޮފިސަރ
ބޭނުންވާ އަދަދު :5

އަސާސީ މުސާރަ:

މަހަކު -/4304 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން -/5380 ރުފިޔާ)

އެހެނިހެން އިނާތްތައް:

މަހަކު -/4000ރ – 5000ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދިި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އަސާސީ ޝަރުޠު:

- ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުން ނުވަތަ މިފަދަ މަޤާމެއްގައި އުޅެ ތަޖުރިބާ ލިބިފައިވުން

މަސައްކަތް ކުރަންޖެހޭ ގަޑި:

ޝިފްޓް އުސޫލުން (8 ގަޑިއިރު)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ބޯޓްފަހަރުންނާއި އަދި މިނޫންވެސް ތަންތަނުން ހޭންޑްލް ކުރެވޭ މުދާ ފަރުވާތެރިކަމާއެކު ޓެލީކުރުން.

މަޤާމް :އެސިސްޓެންޓް ސުޕަވައިޒަރ
ބޭނުންވާ އަދަދު :5

އަސާސީ މުސާރަ:

މަހަކު -/4304 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން -/5380 ރުފިޔާ)

އެހެނިހެން ޢިނާތްތައް:

މަހަކު -/4000ރ އާއި 5000ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދިި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އަސާސީ ޝަރުޠު:

- ޖީ.ސީ.އީ އޯލެވެލް 2 މާއްދާއިން ފާސްވެފައިވުން ނުވަތަ މިފަދަ މަޤާމެއްގައި އުޅެ ތަޖުރިބާ ލިބިފައިވުން  

މަސައްކަތް ކުރަންޖެހޭ ގަޑި:

- ޝިފްޓް އުސޫލުން ދުވާލަކު 8 ގަޑިއިރު

މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތު:

- ޙަވާލުކުރެވޭ ދާއިރާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒުކުރުން.

- ދަށުން މަސައްކަތްކުރާ މުވައްޒަފުން މަސައްކަތް ކުރާއިރު މީހުންނާއި ތަނުގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަަށް ޢަމަލުކުރެވޭތޯ ޔަގީންކުރުން.

- ދަށުން މަސައްކަތްކުރާ މުވައްޒަފުން ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމަށް ހިތްވަރުދީ މަސައްކަތް ހަލުވިކަމާއެކު ކުރިޔަށް ގެންދެވޭނެ ގޮތަކަށް މަސައްކަތް ރޭވުން.

- ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އުފެދޭ އެކިއެކި މައްސަލަތައް ބަލައި އެފަދަ މައްސަލަތައް ޙައްލުކުރުން.

ވަޒީފާތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ސިޓީ

- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަން ޖެހިވަޑައިގަންނަވާ ސެޓްފިކެޓްތައް

އެކްރެޑިޓް ކުރައްވައި އަދި އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރިކަމުގެ ލިޔުން

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯން ނަންބަރާއެކު)

ސުންގަޑި:             

- 20 ސެޕްޓެމްބަރ 2016 ވާ އަންގާރަ ދުވަހުގެ 15:30ގެ ކުރިން.

ސިޓީ ހުށަހަޅަންޖެހޭ އޮފީސް:  

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު) ރިސެޕްޝަން ކައުންޓަރަށް.

ފޯން: 3329339    ފެކްސް: 3325293    އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 ވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި، މި މަޤާމުގެ މަސްއޫލިޔަތުތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ. އަދި އިންޓަވިއުއަށް ދަޢްވަތު ދެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ 20 ފަރާތެކެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާތިލްކުރެވޭނެ ވާހަކަ ދަންނަވަމެވެ.

07 ސެޕްޓެންބަރު 2016