މަސައްކަތް
ނަންބަރު: 60-ADM/2016/227
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 18:40
ސުންގަޑި: 04 ސެޕްޓެންބަރު 2016 10:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެއްއަހަރު ދުވަހުގެ މުއްދަތަށް އެސްޓީއޯ ފިހާރަތަކަށް ކަނޑުމަގުން މުދާ ގެންގޮސްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އިޢުލާން

އެއް އަހަރުދުވަހުގެ މުއްދަތަށް އެސްޓީއޯ ފިހާރަތަކަށް ކަނޑުމަގުން މުދާ ގެންގޮސްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އެސްޓީއޯގެ ފިހާރަތަކަށް އެއް އަހަރުދުވަހުގެ މުއްދަތަށް ކަނޑުމަގުން މުދާ ގެންގޮސްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2016 އޮކްޓޫބަރު 04 ވަނަ ދުވަހު 10:00 ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2016 އޮކްޓޫބަރު 4 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

މަޢުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2016 އޮކްޓޫބަރު 5 ވަނަ ދުވަހު 13:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހެޑް އޮފީހުގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 އޮކްޓޫބަރު 9  ވަނަ ދުވަހު 11:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުއްވަންވާނެއެވެ. އަދި 2016 އޮކްޓޫބަރު 11 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 އޮކްޓޫބަރު 16 ވަނަ ދުވަހު 11:00 ގައި އެސް.ޓީ.އޯ ހެޑް އޮފީހުގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު: 3344262، 3344196

ފެކުސް:  3344633

އީމެއިލް: [email protected]             

 

 

08 ސެޕްޓެންބަރު 2016