ދިވެހިރާއްޖެ
އިޢުލާން
ގދ. ތިނަދޫގައި ތަރައްޤީ ކުރަމުންދާ މިއުޒިއަމް ޕާކް ސަރަޙައްދުގައި މި މިނިސްޓްރީގެ ފަރާތުން ތައްޔާރުކޮށްފައިވާ ކޮންސެޕްޓް ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކެފޭއެއް ހަދައި ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ޝެޑިއުލާ އެއްގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ދިނުން
2016 ސެޕްޓެންބަރު 19 ވާ ހޯމަ ދުވަހުގެ 12:00 ގައި މި މިނިސްޓްރީގައި އޮންނާނެއެވެ. އަދި، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.
ޕްރޮޕޯސަލް ބަލައިގަތުން
2016 ސެޕްޓެންބަރު 28 ވާ ބުދަ ދުވަހުގެ 12:00 އަށް
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ
ފޯނު: 3004300 / 3004120
ފެކްސް: 3004301