ދެންނެވުން
ނަންބަރު: (IUL)22-PU/1/2016/206
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 16:29
ސުންގަޑި: 20 ސެޕްޓެންބަރު 2016 14:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ހުޅުމާލޭގައި ޢިމާރާތް ކޮށްފައިފައިވާ ފަރީދިއްޔާ ސްކޫލްގައި މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން އިންޓަރނޭޝަނަލް ސްކޫލެއް ހިންގައި ބެލެހެއްޓުމުގެ ބީލަން ހުށަހެޅުމުގެ ދަޢުވަތު

އިޢުލާން

ހުޅުމާލޭގައި ޢިމާރާތް ކޮށްފައިފައިވާ ފަރީދިއްޔާ ސްކޫލްގައި މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން އިންޓަރނޭޝަނަލް ސްކޫލެއް ހިންގައި ބެލެހެއްޓުމުގެ ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުޅުމާލޭގައި ޢިމާރާތްކޮށްފައިވާ ފަރީދިއްޔާ ސްކޫލުގައި، މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން އިންޓަރނޭޝަނަލް ސްކޫލެއް ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މި މިނިސްޓްރީން ބޭނުންވެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ސިޓީއުރައެއްގައި ބީލަން ބަންދުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުމަށް 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ 14:00 އަށް ވެލާނާގޭ 8 ވަނަ ފަންގިފިލާގައި ހުންނަ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. ޕްރީބިޑް މީޓިންގ 2016 ސެޕްޓެންބަރު 26 ވާ ހޯމަ ދުވަހު ހެނދުނު 11:00 ގައި ވެލާނާގޭ 9 ވަނަ ފަންގިފިލާގައި ހުންނަ މީޓިންގ ރޫމް 1 ގައި އޮންނާނެއެވެ.

"ހުޅުމާލޭގައި ޢިމާރާތްކުރެވިފައިވާ ފަރީދިއްޔާ ސްކޫލުގައި މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން އިންޓަރނޭޝަނަލް ސްކޫލެއް ހިންގައި ބެލެހެއްޓުމުގެ ބީލަން" 2016 ސެޕްޓެންބަރު 08 ން 2016 އޮކްޓޫބަރު 16 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށް މި މިނިސްޓްރީގެ ފައިނޭންސް ޑިވިޝަން (ވެލާނާގޭ 08 ވަނަ ފަންގިފިލާ) އިން ލިބިވަޑައިގަންނަވާނެއެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ބީލަމެވެ. ބީލަން ފޮތެއް ލިބެން ހުންނާނީ -/1000 ރުފިޔާ އަށެވެ.

6 ޛުލްޙިއްޖާ 1437

08 ސެޕްޓެންބަރު 2016